Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިއްޖެ

އައިޝަތު އިމްސާ
އައިޝަތު އިމްސާ
16 ގަޑިއިރު ކުރިން - 6 އޮކްޓޫބަރު 2026 10:46
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި. / ފޮޓޯ: ޚުލާސާ
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ މިދިޔަ އަހަރަށްވުރެ 0.7 އިންސައްތައިގެ ކުރިއެރުމެއް. 2016 ވަނަ އަހަރު ތައާރަފުކުރި މި ޓެކުހަކީ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. އެގޮތުން ރިސޯޓުތަކުން 12 ޑޮލަރު އަދި ގެސްޓްހައުސްތަކުން 6 ޑޮލަރު ނަގާ. މި ފައިސާ ބޭނުންކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ކަންކަމަށް.

މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު މި އާމްދަނީއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ދިވެހިރާއްޖޭގައި ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މި ޓެކްސް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމެވެ.

Advertisement

Advertisement 1

މި ޓެކްސް ނެގެނީ ރާއްޖޭގައި ހިންގާ 180 ރިސޯޓާއި، 16 ހޮޓާ، 927 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުންނެވެ. އެގޮތުން، ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ބޮލަކަށް 12 ޑޮލަރު ނަގާއިރު، ގެސްޓްހައުސްތަކުން ނަގަނީ 6 ޑޮލަރެވެ. ނަމަވެސް، އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވާނެއެވެ.

ގްރީން ޓެކުހުން ލިބޭ އާމްދަނީ ބޭނުންކޮށްގެން ސަރުކާރުން ވަނީ ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި ގިނަގުނަ މަޝްރޫއުތަކެއް ހިންގާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޝްރޫއުތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން "ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" ފަދަ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމު މަޝްރޫއުތައް ހިމެނެއެވެ.

ރިސޯޓުފަތުރުވެރިކަންސަފާރީމާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

10 ރިސޯޓު ތަރައްގީކުރުމަކީ ފަތުރުވެރިކަމަށް ބޮޑު އިިންގިލާބެއް ގެންނާނެ ކަމެއް: އަފީފް

10 ރިސޯޓު ތަރައްގީކުރުމަކީ ފަތުރުވެރިކަމަށް ބޮޑު އިިންގިލާބެއް ގެންނާނެ ކަމެއް: އަފީފް

2 ދުވަސް ކުރިން - 12:37

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ބަދަލުތަކެއް ގެންނަވަނީ: އަމީން

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ބަދަލުތަކެއް ގެންނަވަނީ: އަމީން

2 ދުވަސް ކުރިން - 10:44

ބޭރުފައިސާގެ ގާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް އަމަލުކުރަން ފަށައިފި

13 ދުވަސް ކުރިން - 13:11

ބޭރުފައިސާ މާރުކުރުމުގެ އުޞޫލުތައް

ބޭރުފައިސާ މާރުކުރުމުގެ އުޞޫލުތައް

13 ދުވަސް ކުރިން - 13:10

ވަގުތު ދިނުމަށްފަހު، 8 އަހަރުވާއިރު ޑިވެލޮޕްމެންޓެއް ނާންނަ ރަށްތަކުގެ އެގްރީމެންޓް ބާތިލްކުރަނީ!

ވަގުތު ދިނުމަށްފަހު، 8 އަހަރުވާއިރު ޑިވެލޮޕްމެންޓެއް ނާންނަ ރަށްތަކުގެ އެގްރީމެންޓް ބާތިލްކުރަނީ!

26 ދުވަސް ކުރިން - 14:18

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

29 ދުވަސް ކުރިން - 19:54