މިއަހަރުގެ މިހާތަނަށް ގްރީން-ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިއްޖެ
މިއީ މިދިޔަ އަހަރަށްވުރެ 0.7 އިންސައްތައިގެ ކުރިއެރުމެއް. 2016 ވަނަ އަހަރު ތައާރަފުކުރި މި ޓެކުހަކީ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. އެގޮތުން ރިސޯޓުތަކުން 12 ޑޮލަރު އަދި ގެސްޓްހައުސްތަކުން 6 ޑޮލަރު ނަގާ. މި ފައިސާ ބޭނުންކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ކަންކަމަށް.
18 ގަޑިއިރު ކުރިން - 10:46