Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފާ ބައްދަލުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
3 ގަޑިއިރު ކުރިން - 25 ސެޕްޓެންބަރު 2026 01:12
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފާ ބައްދަލުކުރެއްވައި ސަލާމްކުރައްވަނީ---
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފާ ބައްދަލުކުރެއްވައި ސަލާމްކުރައްވަނީ---
ޚުލާސާ

ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައި.

ޕާކިސްތާނުގެ ރާވަލްޕިންޑީގައި އެ ގައުމުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސީދު އާސިމް މުނީރުއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގެ މައްޗަށެވެ. އެގޮތުން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ފީލްޑް މާޝަލް ސީދު އާސިމް މުނީރު ވިދާޅުވީ، ޕާކިސްތާނުން ދިވެހިރާއްޖެއާއެކު އޮންނަ އަހްވަތްތެރި އަދި ގާތް ގުޅުމަށް އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމަށް ފައިދާހުރި ގޮތެއްގައި އެ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި އެވެ.

Advertisement

Advertisement 1

މަޖިލިސް ރައީސް އަބްދުއްރަހީމް ގެ ވާހަކަފުޅުގައި ވަނީ ސަރަހައްދީ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ޕާކިސްތާނުން އަދާކުރަމުންދާ އިސް އަދި މުހިންމު ދައުރު ފާހަގަކުރައްވައި، އެކަމަށް ތައުރީފު ކުރައްވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުންކޮށް، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް އެއްބާރުލުން ފުޅާކުރުމަށް ދިވެހިރާއްޖެއިން އެދޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޕާކިސްތާންމަޖިލިސް ރައީސް އަބްދުލް ރަހީމް އަބްދުﷲ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

17 ގަޑިއިރު ކުރިން - 11:19

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެ

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

1 ދުވަސް ކުރިން - 14:44

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

26 ދުވަސް ކުރިން - 08:31

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

29 ދުވަސް ކުރިން - 09:54

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

67 ދުވަސް ކުރިން - 13:25

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

68 ދުވަސް ކުރިން - 19:54