Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ފުޅާކުރަނީ

ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ފުޅާކުރަނީ

ފާތިމަތު އަނަން މުހައްމަދު
1 ދުވަސް ކުރިން - 24 ސެޕްޓެންބަރު 2026 15:40
ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހަނދާނީ ފިލައެއް އެރުވުން | ފޮޓޯ: ރައީސް އޮފީސް
ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހަނދާނީ ފިލައެއް އެރުވުން | ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އުމްރާނީ ތަރައްގީއާއި، ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ރާއްޖޭގައި އިތުރުކުރުމަށް މަގުފަހިވަމުންދޭ. ބައިނަލްއަގްވާމީ މައިދާނުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށާއި، އިސްލާމީ އުންމަތުގެ ކުރިއެރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ.

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުމާއި އިންވެސްޓްމަންޓްތައް އަދި ތަރައްގީގެ ބައިވެރިވުން ފުޅާކުރުމަށް އުންމީދީ އައު ބާބެއް ފެށެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ދެ ގައުމުގެ މެދުގައި އޮތް އިސްލާމީ ވަރުގަދަ އުހުއްވަތްތެރިކަމާއި، ރާއްޖޭގެ ތަރައްގީއަށް ސައުދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސައުދީގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް ފުރުސަތުތައް ފަހިވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ގެންނަވާ ހެޔޮ ބަދަލުތަކުގައި ސައުދީގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، 'ޗާޓަރ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް' ގައި ސޮއިކުރުމާއި، އެކްސްޕޯ 2030 ރިޔާޟްގައި ރާއްޖެއިން ބައިވެރިވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބައިނަލްއަގްވާމީ މައިދާނުގައިވެސް ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސައުދީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

3 ގަޑިއިރު ކުރިން - 00:45

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

5 ގަޑިއިރު ކުރިން - 23:04

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

13 ގަޑިއިރު ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

13 ގަޑިއިރު ކުރިން - 14:46

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެންމެ މަތީ ވަނަތަކަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމާއި ޕީއެޗްޑީ ސްކޮލަރޝިޕް ދީފި

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މަތީ ވަނަތަކަށް އިނާމު ދީފި

20 ގަޑިއިރު ކުރިން - 08:17

ސައުދީގެ 96 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާއާއެކު ރާއްޖޭގެ ތަރައްގީގައި އެގައުމުގެ ހިއްސާ ބޮޑުކަން ރައީސް ފާހަގަކުރައްވައިފި

ސައުދީ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

2 ދުވަސް ކުރިން - 12:01