Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެވަނަ ބޮޑުހަނގުރާމައިގެ ޒަމާންވީ މާލީ ނިޒާމު ބަދަލުކުރަން ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ. ގެ ވެރިޔާ އެއްގަލަކަށް!

ދެވަނަ ބޮޑުހަނގުރާމައިގެ ޒަމާންވީ މާލީ ނިޒާމު ބަދަލުކުރަން ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އދ. ގެ ވެރިޔާ އެއްގަލަކަށް!

ޢަބްދުﷲ ޖުނައިދު
19 ގަޑިއިރު ކުރިން - 23 ސެޕްޓެންބަރު 2026 08:00
4 ވަނަ ބައިނަލްއަޤްވާމީ ސިޑްސް ކޮންފަރެންސްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ: ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު ކުދި ޤައުމުތަކަށް އެހީވުމުގައި ފެއިލްވެފައިވާ ކަމަށް ރައީސް ވިދާޅުވި.
4 ވަނަ ބައިނަލްއަޤްވާމީ ސިޑްސް ކޮންފަރެންސްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ: ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު ކުދި ޤައުމުތަކަށް އެހީވުމުގައި ފެއިލްވެފައިވާ ކަމަށް ރައީސް ވިދާޅުވި.
ޚުލާސާ

ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙް ކުރުމަށް ރައީސް ޑރ. މުޢިއްޒު 2024 މޭ 28 ގައި ގޮވައިލެއްވި ގޮވައިލެއްވުން އދ. ގެ ވެރިޔާ ގުޓެރޭޒްގެ ވަދާޢީ ޚިޠާބުގައި ވެސް ފާހަގަކުރައްވައިފި.

އދ. ގެ އާންމު މަޖިލީހުގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އޭނާގެ ވަދާޢީ ޚިޠާބު ދެއްވަނީ: ދެވަނަ ބޮޑުހަނގުރާމައިގެ ޒަމާންވީ މާލީ ނިޒާމު އިޞްލާޙުކުރަން ޖެހޭ ކަމަށް ވިދާޅުވި.

ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު މުޅިން އިޞްލާޙުކޮށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ދެއްކެވި ވާހަކަފުޅުތަކަށް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ވަދާޢީ ޚިޠާބުން ވަނީ ސީދާ ބާރު ލިބި، ދެ ބޭފުޅުން އެއްގަލަކަށް އަރާފައެވެ. ގުޓެރޭޒް އދ. ގެ އާންމު މަޖިލީހުގައި ވިދާޅުވީ، ދެވަނަ ބޮޑުހަނގުރާމައަށްފަހު (1945 ގައި) އުފެއްދި މާލީ އިދާރާތައް ހިންގަނީ މާޒީވެގޮސްފައިވާ ބާރުގެ އޮނިގަނޑެއްގެ މަތިން ކަމަށާއި، އޭގެ ސަބަބުން ތަރައްޤީވަމުންދާ ޤައުމުތަކަށް އިންތިހާއަށް ބޭއިންސާފުވަމުންދާ ކަމަށެވެ. މިއީ މިއަދުގެ ދުނިޔޭގެ އިޤްތިޞާދީ ޙަޤީޤަތްތަކާ އެއްވެސް ވަރަކަށް ނުގުޅޭ ނިޒާމެއްގެ ގޮތުގައި ގުޓެރޭޒް ސިފަކުރެއްވިއެވެ.

މި ވާހަކަފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 މޭ 28 ގައި އެންޓިގުއާ އެންޑް ބާމިއުޑާގައި ބޭއްވި 4 ވަނަ ބައިނަލްއަޤްވާމީ ސިޑްސް ކޮންފަރެންސްގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅެވެ.

Advertisement

Advertisement 1

ބައިނަލްއަޤްވާމީ މާލީ އިދާރާތައް ފެއިލްވެފައިވާ ކަމަށާއި މާލީ އޮނިގަނޑު އިޞްލާޙުކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލެއްވި (2024 މޭ 28 ގައި އެންޓިގުއާ އެންޑް ބާމިއުޑާގައި ބޭއްވި 4 ވަނަ ބައިނަލްއަޤްވާމީ ސިޑްސް ކޮންފަރެންސް)

އެ ދުވަހު ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ބައިނަލްއަޤްވާމީ މާލީ ނިޒާމު އޮތީ ސިޑްސްގެ ކުދި ޖަޒީރާ ޤައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި މުޅިން "ފެއިލްވެފައި" ކަމަށެވެ. އަދި ވޯލްޑް ބޭންކް ފަދަ މުއައްސަސާތަކުން ޤައުމުތަކުގެ ތަނަވަސްކަން މިނެކިރުމަށް ގެންގުޅޭ މާޒީގެ ބޭއިންސާފު އުޞޫލުތަކުގެ ސަބަބުން، ރާއްޖެ ފަދަ ޤައުމުތަކަށް ލިބެންޖެހޭ ލުއި ލޯނުތައް ބަންދުވެ، ބޭރުގެ ބޭންކުތަކުން އިންތިހާއަށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި ލޯނު ނަގަން މަޖުބޫރުވާ ކަމަށް ރައީސް މުޢިއްޒު ވަނީ ބަޔާންކުރައްވާފައެވެ.

ވޯލްޑް ބޭންކާއި އައި.އެމް.އެފް ގެ ބޭއިންސާފު އުޞޫލުތަކާއި ދެކޮޅަށް އަދި ފަޤީރު ޤައުމުތަކުގެ ދަރަނިތައް މާފުކުރުމަށް ގޮވާލައި އެކްޓިވިސްޓުން ކުރާ މުޒާހަރާއެއް. (ފައިލް ފޮޓޯ)

ދުނިޔޭގެ ސުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރެވޭނީ މިހާރު މިއޮތް ބޭއިންސާފު މާލީ އޮނިގަނޑު މުގުރާލައި، ފަޤީރު އަދި ނާޒުކު ޤައުމުތަކަށް ހަމަހަމަ ފުރުޞަތުތަކެއް ލިބޭނެ ގޮތަށް ނިޒާމު ބަދަލުކޮށްގެން ކަމަށް މި ދެ ބޭފުޅުންވެސް ވަނީ ހަރުކަށި ޢިބާރާތުން ގޮވާލައްވާފައެވެ.

ރައީސް މުޢިއްޒު ވަކާލާތު ކުރެއްވި ފަދައިން، މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކުގެ ބާރު ފުޅާކޮށް، ދަރަނީގެ ދަންތުރައިން ކުދި ޤައުމުތައް ސަލާމަތްކުރުމަކީ މިއަދު ދުނިޔެއަށް މަޖުބޫރުވެފައިވާ ކަމެއްގެ ގޮތުގައި ގުޓެރޭޒްގެ ވަދާޢީ ބަޔާނުގައިވެސް ވަނީ ބާރުއަޅުއްވާފައެވެ.

އދ. ގެ އާންމު މަޖިލިސްގުޓަރޭސްސިޑްސްސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކްސިޑްސް-އެސް.އޭ.އައިރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސައުދީގެ 96 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާއާއެކު ރާއްޖޭގެ ތަރައްގީގައި އެގައުމުގެ ހިއްސާ ބޮޑުކަން ރައީސް ފާހަގަކުރައްވައިފި

ސައުދީ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

15 ގަޑިއިރު ކުރިން - 12:01

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި

15 ގަޑިއިރު ކުރިން - 12:00

ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގެ ބާރު ސުޕަޕަވަރުންގެ އަތަކު ނެތް: އދ. ގެ ސެކްރެޓަރީ ޖެނެރަލް

ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގެ ބާރު ސުޕަޕަވަރުންގެ އަތަކު ނެތް: ގުޓެރޭޒް

21 ގަޑިއިރު ކުރިން - 06:00

ދުނިޔޭގެ މާލީ ނިޒާމުތައް ބައްޓަންކޮށްފައިވަނީ ފަގީރު ގައުމުތަކަށް ބޭއިންސާފުވާ ގޮތަށް، މުއްސަނދީންނަށް މޮޅުގޮތަށް: ގުޓެރޭޒް

ނިޒާމުތައް ބައްޓަންކޮށްފައިވަނީ ފަގީރު ގައުމުތަކަށް ބޭއިންސާފުވާ ގޮތަށް، މުއްސަނދީންނަށް މޮޅުގޮތަށް: ގުޓެރޭޒް

21 ގަޑިއިރު ކުރިން - 05:49

އދ. ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގުވާމީ މާލީ އިދާރާތައް ހިންގަނީ މާޒީވެގޮސްފައިވާ ނިޒާމެއްގެ މަތިން - ގުޓެރޭޒް

ސަލާމަތީ މަޖިލީހާއި ބައިނަލްއަގުވާމީ މާލީ އިދާރާތައް ހިންގާ ގޮތް ގުޓެރޭޒަށް ކަމަކުނުދޭ

21 ގަޑިއިރު ކުރިން - 05:40

ޝެއިހް އަހްމަދު ބިން ރާޝިދު އަލް މަހްތޫމް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޝެއިހް އަހްމަދު ބިން ރާޝިދު އަލް-މަހްތޫމް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

2 ދުވަސް ކުރިން - 17:58