Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނިމުނު ހަފްތާގައި 3.5 ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ރިޕޯޓްކޮށްފި: އެންމެ ގިނައީ އޮންލައިން ވިޔަފާރިތަކާ ގުޅޭ މައްސަލަތައް

ނިމުނު ހަފްތާގައި 3.5 ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ރިޕޯޓްކޮށްފި: އެންމެ ގިނައީ އޮންލައިން ވިޔަފާރިތަކާ ގުޅޭ މައްސަލަތައް

އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 22 ސެޕްޓެންބަރު 2026 13:25
ޝަހީދު ހުސެއިން އާދަމް ބިލްޑިން / ފޮޓޯ: ޚުލާސާ
ޝަހީދު ހުސެއިން އާދަމް ބިލްޑިން / ފޮޓޯ: ޚުލާސާ
ޚުލާސާ

ނިމުނު ހަފްތާގައި 3.5 ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ރިޕޯޓްކޮށް، އޭގެ ތެރެއިން 1.5 ލައްކަ ރުފިޔާ އަނބުރާ ހޯދައިދީފި. އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މައްސަލަތައް ކަމަށްވާތީ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރޭ.

ނިމުނު ހަފްތާގެ ތެރޭގައި ސްކޭމްގެ 38 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި 358,231.71 (ތިން ލައްކަ ފަންސާސް އަށްހާސް ދުއިސައްތަ ތިރީސް އެކެއް) ރުފިޔާ ގެއްލިފައިވާ ކަމަށް އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކަމާގުޅޭ މުއައްސަސާތަކާއި ބޭންކުތަކުގެ އެއްބާރުލުމާއެކު އޭގެ ތެރެއިން 151,263.63 (އެއްލައްކަ ފަންސާސް އެއްހާސް ދުއިސައްތަ ފަސްދޮޅަސް ތިން) ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅޭ 15 މައްސަލަތަކެވެ. މީގެއިތުރުން ބޭރު ފައިސާ މާރުކުރުމުގެ 10 މައްސަލައަކާއި، އެހެނިހެން ސްކޭމްގެ 6 މައްސަލައެއްގެ އިތުރުން ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ 4 މައްސަލައާއި އިންވެސްޓްމަންޓް ސްކޭމްގެ 1 މައްސަލަ ހިމެނެއެވެ. މިފަދަ އޮޅުވާލުންތައް މައިގަނޑުކޮށް ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސް، ވައިބާ، ޓެލެގްރާމް، ވަޓްސްއެޕް، އިންސްޓަގްރާމް، ޓިކްޓޮކް، އައިބޭ، ފޯނު ކޯލްތައް އަދި ފިޝިންގ ލިންކުތައް މެދުވެރިކޮށް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އޮންލައިންކޮށް ފެންނަ އިޝްތިހާރުތަކާއި ލިބޭ މެސެޖުތަކާއި ކޯލްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އަވަސްއަރުވާލައިގެން ފައިސާ ފޮނުވަން އެދޭ ހާލަތްތަކުގައި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށާއި، ޝައްކުކުރެވޭ ކަމެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާއަކަށް ރިޕޯޓްކުރުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

Advertisement

Advertisement 1

ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި ފައިސާ ގެއްލުމަށްފަހު އެ ފައިސާ އަނބުރާ ހޯދުމަކީ ނުހަނު ބުރަ މަސައްކަތެކެވެ. އަދި ބައެއް ހާލަތްތަކުގައި ގެއްލޭ ފައިސާ އެއްކޮށް ނުލިބި ދިއުމުގެ ފުރުސަތު ބޮޑުކަންވެސް ތަފާސްހިސާބުތަކުން ހާމަވާކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

އެންޓި ސްކޭމް ސެންޓަރސްކޭމްމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާން އުދަރެސް އެޕާޓްމަންޓުން 156 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި!

156 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި!

2 ގަޑިއިރު ކުރިން - 12:15

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ؛ ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް

ރޭގެ އެކްސިޑެންޓް - ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް

1 ދުވަސް ކުރިން - 11:54

ބޮމެއް އޮތް ކަމަށް ބުނެ ސަމާސާ ކުރި މިސްރުގެ ފަތުރުވެރިއަކު އެއަރޕޯޓުން ހައްޔަރުކޮށްފި

ބޮމެއް އޮތްކަމަށް ބުނި ސަމާސާކުރި ފަތުރުވެރިޔެއް އެއާޕޯޓުން ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 13:18

މަސްތުވާތަކެތީގެ "ބޮޑުން" އަތުލައިގަނެ، މާލީ މަންފާތައް ބަންދުކުރަނީ: މިނިސްޓަރު އިޙްސާން

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

2 ދުވަސް ކުރިން - 13:13

ސީރިއަލް ޕެކެޓްތަކެއްގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު 6 ބިދޭސީއަކު ހައްޔަރުކޮށްފި

3.8 މިލިއަން ރުފިޔާ ބޭރުކުރަން އުޅުނީ ސީރިއަލް ޕެކެޓުތަކުގައި ފޮރުވައިގެން

2 ދުވަސް ކުރިން - 13:13

ކުރު މުއްދަތެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތި ވިއްކާ 11 ތަނެއް ބަންދުކޮށްފި

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

2 ދުވަސް ކުރިން - 12:36