Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވެދިނުމުގެ ފުރިހަމަ ޔަޤީންކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްވައިފި

މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވެދިނުމުގެ ފުރިހަމަ ޔަޤީންކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްވައިފި

އައިޝަތު އިމްސާ
15 ގަޑިއިރު ކުރިން - 22 ސެޕްޓެންބަރު 2026 11:50
ރައީސުލް ޖުމްހޫރިއްޔާގެ ނައިބާއި އދ. ގެ ސެކްރަޓަރީ ޖެނެރަލް ބައްދަލުކުރައްވަނީ / ފޮޓޯ: އަދ. ގެ ތަރުޖަމާނު
ރައީސުލް ޖުމްހޫރިއްޔާގެ ނައިބާއި އދ. ގެ ސެކްރަޓަރީ ޖެނެރަލް ބައްދަލުކުރައްވަނީ / ފޮޓޯ: އަދ. ގެ ތަރުޖަމާނު
ޚުލާސާ

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ނައިބު ރައީސާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށާއި، ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ ހޯދުމާއި ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ.) އާއި ދިވެހިރާއްޖެއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގޮސްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޝްއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުންގެ މަޝްވަރާ މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކާއި، އެކަންކަމުން އަރައިގަތުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށެވެ. އެގޮތުން، މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ބައިނަލްއަގްވާމީ ގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއެކު ގާތުން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ދެއްވާފައެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށްޓަކައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވާފައިވާ މަޝްވަރާތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ. ރައީސް މުޢިއްޒު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ (ސިޑްސް) ގައުމުތަކަށް ކުރިމަތިވާ މާލީ އަދި ތިމާވެށީގެ ގޮންޖެހުންތަކަށް ވަކާލާތުކުރުމުގައި އދ. އިން އަދާކުރާ މުހިންމު ދައުރަށް މީގެ ކުރިން ޝުކުރު އަދާކުރައްވާފައެވެ.

Advertisement

Advertisement 1

މޫސުމީ މައްސަލަތަކުގެ އިތުރުން، ބައިނަލްއަގްވާމީ މަޝްރަހުގައި މިހާރު ހިނގަމުންދާ އެހެނިހެން މުހިންމު ކަންކަމާމެދުވެސް ނައިބު ރައީސާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ. އެގޮތުން، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

އދ ސަލާމަތީ މަޖިލިސްނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްމޫސުންފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އދ. ގެ ބައްދަލުވުމަށް ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދިން

އދ. ގެ ބައްދަލުވުމަށް ފަލަސްތީނުގެ ރައީސަށް އެމެރިކާއިން ވިސާ ނުދިން

13 ގަޑިއިރު ކުރިން - 14:25

ބިރެއް ފެނިގެން އިޒުރޭލު ވަޒަންވެރިންތަކެއް ރާމަﷲ ދޫކޮށް ފިލައިފި

ބިރެއް ފެނިގެން އިޒުރޭލު ވަޒަންވެރީންތަކެއް ރާމަﷲ ދޫކޮށް ފިލައިފި

16 ގަޑިއިރު ކުރިން - 11:01

އަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ދުޝްމަނުންނަށް ރާމަﷲ ގެ ބަތަލުންގެ އިންޒާރު! “ލޭގެ ބަދަލު ލެއިން”

އަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ދުޝްމަނުންނަށް ބަތަލުންގެ އިންޒާރު! “ލޭގެ ބަދަލު ލެއިން”

2 ދުވަސް ކުރިން - 23:54

ވިއްސާރައިގައި ފެންބޮޑުވެ އިނގުރައިދޫގެ 30 ގެއަކަށް ގެއްލުންވެއްޖެ

ވިއްސާރައިގައި އިނގުރައިދޫގެ 30 ގެއަކަށް ފެންވަދެއްޖެ

5 ދުވަސް ކުރިން - 15:15

މާލެއަތޮޅުން ގދއަށް ނެރެފައިވާ ހުދުސަމާލު 6 ޖަހާއިރަށް ހަމަވާނެ

މާލެއަތޮޅުން ގދއަށް ނެރެފައިވާ ހުދުސަމާލު 6 ޖަހާއިރަށް ހަމަވާނެ

6 ދުވަސް ކުރިން - 17:21

ދެކުނުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި ގެއްލުންވި އާއިލާތަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ދެކުނަށް ކުރި ވިއްސާރައިގައި ގެއްލުންވި އާއިލާތަކަށް އެންޑީއެމްއޭއިން އެހީވާން ފަށައިފި

6 ދުވަސް ކުރިން - 12:19