Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެތިން ހޯދާ ފައިސާއާއި މުދާވެސް ދައުލަތަށް ނަގާނެ!

މަސްތުވާތަކެތިން ހޯދާ ފައިސާއާއި މުދާވެސް ދައުލަތަށް ނަގާނެ!

އައިޝަތު އިމްސާ
2 ގަޑިއިރު ކުރިން - 20 ސެޕްޓެންބަރު 2026 12:33
މީގެ ކުރިން ފުލުހުންގެ އަތުގައި ހުރި މަސްތުވާތަކެތި ނައްތާލަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
މީގެ ކުރިން ފުލުހުންގެ އަތުގައި ހުރި މަސްތުވާތަކެތި ނައްތާލަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ޚުލާސާ

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ނާޖާއިޒު ގޮތުގައި ހޯދާ ފައިސާއާއި އަމިއްލަ މުދާ ދައުލަތަށް ނެގުމުގެ އުސޫލެއް ޤާއިމުކޮށް، އެފަދަ ޖަރީމާތަކުގެ މާލީ މަންފާ ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ. އެކަން ތަންފީޛުކުރާނެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ އަދި އެކަމާ ގުޅުންހުރި އެންމެހައި ފައިސާއާއި، އެފަދަ މީހުންގެ އަމިއްލަ ނަމުގައި ހުރި މުދާތައް ދައުލަތަށް ނަގާނެ ކަމަށާއި، މި ސަރުކާރުން ގާނޫނު ހިންގައި، ޖިނާޢީ ކުށްތައް ހިންގާ ފަރާތްތަކަށް ދުލެއް ނުދޭނެ ކަމަށް، ޕީއެންސީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގާ މީހުން އެކަން ކުރަނީ ބޮޑެތި މާލީ މަންފާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން، އެފަދަ މީހުންގެ މާލީ ބާރުވެރިކަން ކަނޑުވާލުމަކީ މަސްތުވާތަކެތީގެ ވިޔަފާރި ރޫޅާލުމަށް އޮތް އެންމެ އަސާސީ އެއް ފިޔަވަޅު ކަމުގައި ސަރުކާރުން ދެކޭ ކަމަށް އިހްސާން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް އިސްލާހުކޮށްފައިވާ ގާނޫނުގައި ވާގޮތުން މަސްތުވާތަކެތީގެ ވިޔަފާރިން އުފައްދާ މަންފާއިން ގަނެފައިވާ އުޅަނދުފަހަރާއި، ގޭގެޔާއި، ބިންބިމާއި، އެކައުންޓްތަކުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ ގާނޫނީ ބާރު އޮވެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ މާލީ ފައިދާ މުޅިން ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

Advertisement

Advertisement 1

މިނިސްޓަރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި ސިޔާސަތުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ފަންޑުކުރާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެއެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މިހާރު މަސައްކަތް ކުރަމުންދަނީ މިފަދަ މާލީ ޖަރީމާތައް ތަހުގީގުކޮށް، ދައުލަތަށް ނަގަންޖެހޭ މުދާ އަނބުރާ ހޯދުމުގެ ހާއްސަ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީޕީއެންސީ ކޮންގްރެސް2026މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮމެއް އޮތް ކަމަށް ބުނެ ސަމާސާ ކުރި މިސްރުގެ ފަތުރުވެރިއަކު އެއަރޕޯޓުން ހައްޔަރުކޮށްފި

ބޮމެއް އޮތްކަމަށް ބުނި ސަމާސާކުރި ފަތުރުވެރިޔެއް އެއާޕޯޓުން ހައްޔަރުކޮށްފި

1 ގަޑިއިރު ކުރިން - 13:18

މަސްތުވާތަކެތީގެ "ބޮޑުން" އަތުލައިގަނެ، މާލީ މަންފާތައް ބަންދުކުރަނީ: މިނިސްޓަރު އިޙްސާން

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

1 ގަޑިއިރު ކުރިން - 13:13

ސީރިއަލް ޕެކެޓްތަކެއްގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު 6 ބިދޭސީއަކު ހައްޔަރުކޮށްފި

3.8 މިލިއަން ރުފިޔާ ބޭރުކުރަން އުޅުނީ ސީރިއަލް ޕެކެޓުތަކުގައި ފޮރުވައިގެން

1 ގަޑިއިރު ކުރިން - 13:13

ކުރު މުއްދަތެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތި ވިއްކާ 11 ތަނެއް ބަންދުކޮށްފި

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

2 ގަޑިއިރު ކުރިން - 12:36

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

2 ގަޑިއިރު ކުރިން - 12:35

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

2 ގަޑިއިރު ކުރިން - 12:34