ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާދޭނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ގާއިމުކުރުމަށްޓަކައި ކެޕޭސިޓީ އިތުރުކޮށް، ސަރަހައްދީ ރީހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެންސީ ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު އިހްސާން ވިދާޅުވި ގޮތުގައި، މިވަގުތު ރާއްޖޭގައި އެކަށީގެންވާ ރީހެބިލިޓޭޝަން ސެންޓަރުތަކެއް ނެތުމުގެ އިތުރުން، އެފަދަ ހިދުމަތްތައް ދިނުމަށް ބޭނުންވާ ޖާގަވެސް ނެތެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ނިންމެވި އެންމެ ފުރަތަމަ ނިންމެވުންތަކުގެ ތެރޭގައި އިތުރު ރީހެބިލިޓޭޝަން ސެންޓަރުތައް ބިނާކުރުން ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ވަނީ ޖޫން 2026 މާޗުގެ ނިޔަލަށް ޖުމްލަ 3 ސަރަހައްދީ ސެންޓަރެއް ބިނާކުރުމަށް ނިންމާފައެވެ. މި ސެންޓަރުތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ 3 ސަރަޙައްދަކީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ސ. ގަމެވެ.








