Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެނީ: މިނިސްޓަރު އިހުސާން

ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެނީ: މިނިސްޓަރު އިހުސާން

ފާތިމަތު އަނަން މުހައްމަދު
20 ގަޑިއިރު ކުރިން - 17 ސެޕްޓެންބަރު 2026 17:18
މިނިސްޓަރު އަލީ އިހުސާން
މިނިސްޓަރު އަލީ އިހުސާން
ޚުލާސާ

ނުރައްކާތެރި ކުށްތަކާ ގާތްވަމުންދިޔަ ކުދިން ފުލުހުންގެ މަރުކަޒުތަކަށް ގެންގޮސްގެން ހާއްސަ ކައުންސެލިންގ އަދި ނަސޭހަތުގެ ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފަ. އަދި އިތުރަށް އިސްލާހުވާންޖެހޭ ކުދިންނަށް ހާއްސަކޮށްގެން ހޯރަފުށީ މަރުކަޒުގައި ޕްރޮގްރާމްތަކެއް ހިންގައި، އެކުދިންގެ އަހުލާގު ރަނގަޅުވުމުން ނޫނީ މުޖުތަމައަށް ނުނެރޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި.

ރާއްޖޭގައި ޒުވާނުން ކުށްކުރުން މަދުކުރުމަށާއި، ކުށްކުރާ ކުދިން ޖަލުގެ ގޮޅިތަކުގައި ތަޅުއަޅުވައިގެން ބައިތިއްބުމުގެ ބަދަލުގައި މުޖުތަމައަށް ފައިދާހުރި، އުފެއްދުންތެރި ބައެއްގެ ގޮތުގައި އަނބުރާ ގެނައުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގޭންގުތަކާއި ކުށްވެރި އަމަލުތަކުން ޒުވާނުން ދުރުހެލިކުރުވުމަށްޓަކައި، ކުށްކުރުން ހުއްޓާލުމަށްފަހު ގާނޫނީ އިމުގެ ތެރެއިން ވިޔަފާރިކުރުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމާއި އަދި އެކި ދާއިރާތަކުން ވަޒީފާތަކަށް ދިއުމުގެ ފުރުސަތުތައް މިހާރު ފަހިކޮށްދީފައިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސިޔާސަތުގެ ދަށުން، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ފުލުހުންގެ އިދާރާއިން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވަނީ އިތުރަށް ހަރުދަނާކޮށްފަވެ. އެގޮތުން، 18 އަހަރުން ދަށުގެ 6,323 ކުދިންނާ މަގުމަތިން ބައްދަލުކޮށް، އެކި ކަންކަމުގައި އިރުޝާދާއި ނަސޭހަތްދީފައިވާއިރު، އޭގެ ތެރެއިން ނުރައްކާތެރި ކުށްތަކާ ގާތްވަމުންދިޔަ 159 ކުދިން ވަނީ އެކި ފަހަރުމަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އަދި އެ ކުދިންގެ ބެލެނިވެރިންނާ ގުޅިގެން ގެއަށް ގެންގޮސްދިނުމާއި، އަދި ބައެއް ކުދިން ފުލުހުންގެ މަރުކަޒުތަކަށް ގެންގޮސްގެން ހާއްސަ ކައުންސެލިންގ އަދި ނަސޭހަތުގެ ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އިތުރަށް އިސްލާހުކުރަންޖެހޭ ކުދިންނަށް އަމާޒުކޮށްގެން، ޝަރުއީ ކޯޓު އަމުރެއްގެ ދަށުން ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ހާއްސަ މަރުކަޒަށް އެ ކުދިން ގެންގޮސްގެން ރީހެބިލިޓޭޝަން އަދި އިންޓަރެކްޝަން ޕްރޮގްރާމްތައް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ މަރުކަޒުތަކަށް ގެންދެވޭ ކުދިން އަނބުރާ މުޖުތަމައަށާއި އާއިލާތަކުގެ ކައިރިއަށް ފޮނުވާނީ، އެކުދިންގެ ކިބައިގައި ހުރި ނުރަނގަޅު އާދަތައް ބަދަލުވެ، ރަނގަޅު އަހުލާގެއްގައި މުޖުތަމައުތެރޭގައި އަމާންކަމާއެކު އުޅެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ކަމާބެހޭ މުއައްސަސާތަކަށް ލިބުމުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭންގު ކުށްތައް ހުއްޓުވަން ގެނައި ގާނޫނީ ބަދަލުތަކާއެކު މާރާމާރީތަކުގައި މީހުން މަރުވުން ހުއްޓުވިއްޖެ: މިނިސްޓަރ އަލީ އިހުސާން

މާރާމާރީތަކުގައި މީހުން މެރުން ހުއްޓުވިއްޖެ - އިހުސާން

20 ގަޑިއިރު ކުރިން - 17:26

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

20 ގަޑިއިރު ކުރިން - 17:20

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

3 ދުވަސް ކުރިން - 19:07

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

25 ދުވަސް ކުރިން - 13:11

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

38 ދުވަސް ކުރިން - 11:58

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

57 ދުވަސް ކުރިން - 09:28