Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޭންގު ކުށްތައް ހުއްޓުވަން ގެނައި ގާނޫނީ ބަދަލުތަކާއެކު މާރާމާރީތަކުގައި މީހުން މަރުވުން ހުއްޓުވިއްޖެ: މިނިސްޓަރ އަލީ އިހުސާން

ގޭންގު ކުށްތައް ހުއްޓުވަން ގެނައި ގާނޫނީ ބަދަލުތަކާއެކު މާރާމާރީތަކުގައި މީހުން މަރުވުން ހުއްޓުވިއްޖެ: މިނިސްޓަރ އަލީ އިހުސާން

ފާތިމަތު އަނަން މުހައްމަދު
20 ގަޑިއިރު ކުރިން - 17 ސެޕްޓެންބަރު 2026 17:26
ހޯމް މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން
ޚުލާސާ

2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ކޮވިޑް ބަންދުގެ 2 އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް 2 އާއި 5 އާ ދެމެދުގެ އަދަދަކަށް ޒުވާނުން ގޭންގު މާރާމާރީތަކުގައި މަރުވަމުންދިޔަ. ނަމަވެސް މިސަރުކާރުގައި މިހާތަނަށް އައިއިރު އެއްވެސް ޒުވާނެއްގެ ފުރާނަ ގޭންގު މާރާމާރީގައި ގޮސްފައިނުވޭ.

ރާއްޖޭގައި ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށާއި، މުޖުތަމައުގެ އަމަންއާމާންކަން ކަށަވަރުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެނެވުނު ފުރިހަމަ އަދި މުހިންމު ބަދަލުތަކުގެ ސަބަބުން، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ގޭންގު މާރާމާރީއެއްގައި އެއްވެސް ޒުވާނެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ "މަތީ މަޖިލިސް" ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ދިވެހިރާއްޖެ އޮތީ ގޭންގުތަކުގެ ނުފޫޒު އިންތިހާއަށް ބޮޑުވެ، ސިޔާސީ ފަރާތްތަކާއި ކޯޓުތައްވެސް އެފަދަ ފަރާތްތަކުން ކޮންޓްރޯލް ކުރަމުންދިޔަ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އެގޮތުން މަގުތަކުގައި ފާޅުގައި ތަޅާފޮޅައި، މީހުން މަރަމުންދިޔަ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިކަމަށް ދާއިމީ އަދި ގާނޫނީ ހައްލެއް ހޯދުމުގެ ގޮތުން އެންމެ ފުރަތަމަ ބެއްލެވީ ގާނޫނުގައި ހުރި އެންމެހާ ގެޕްތައް ދެނެގަނެ، އެކަންކަން ބަންދުކުރެވޭނެ ގޮތްތައް ކަމަށެވެ.

އެގޮތުން، ގާނޫނީ ހަމަތަކުގެ މަތިން ވަކި ކަމެއް ނުވަތަ ގްރޫޕެއް އެއީ ގޭންގެއްގެ ގޮތުގައި ޑިކްލެއަރކޮށް، އެފަދަ ނަންނަމުގައި އަދި އެގޮތަށް އޮޕަރޭޓް ނުކުރެވޭގޮތަށް ގާނޫނީ ހުރަސްތައް ފުރިހަމައަށް ބިނާކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މުޖުތަމައު ތެރޭގައި ހިންގާ މިފަދަ ނުރައްކާތެރި ގްރޫޕްތަކަށް މާލީ ގޮތުން އެހީތެރިވެދީ، ފައިސާ ހަރަދުކޮށް، އެކި ކަހަލަ ކުށްތަކަށް މަގުފަހިކޮށްދޭ ފަރާތްތަކާ ދެކޮޅަށްވެސް ގާނޫނީ ފިޔަވަޅު އެޅޭނެ ހަރުދަނާ އިންތިޒާމުތައް މިހާރު ގާއިމުކޮށްފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ތަފާސްހިސާބުތަކަށް ބަލާއިރު، 2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް (ކޮވިޑް ބަންދުގެ ދެ އަހަރު ފިޔަވައި) ކޮންމެ އަހަރަކުވެސް 2 އާއި 5 އާ ދެމެދުގެ އަދަދަކަށް ޒުވާނުން ގޭންގު މާރާމާރީތަކުގައި ކޮށާ ކަތިލައި މަރާލަމުންދިޔަ ކަމަށާއި، އެއީ ގައުމު ދުށް އެންމެ ހިތާމަވެރި އެއް މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުން އެޅި ހަރުދަނާ އަދި ނަތީޖާ ނެރެދެވުނު ފިޔަވަޅުތަކުގެ ސަބަބުން، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް އައިއިރު ގޭންގު މާރާމާރީއެއްގައި އެއްވެސް ޒުވާނެއްގެ ފުރާނަ ގެއްލިފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަލީ އިހުސާންގޭންގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

20 ގަޑިއިރު ކުރިން - 17:20

ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެނީ: މިނިސްޓަރު އިހުސާން

ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެނީ

20 ގަޑިއިރު ކުރިން - 17:18

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

3 ދުވަސް ކުރިން - 19:07

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

25 ދުވަސް ކުރިން - 13:11

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

38 ދުވަސް ކުރިން - 11:58

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

57 ދުވަސް ކުރިން - 09:28