Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑުގައި ހިމެނުމުގެ ފަހަތުގައިވާ ޒުވާނުންގެ މަސައްކަތް

ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑުގައި ހިމެނުމުގެ ފަހަތުގައިވާ ޒުވާނުންގެ މަސައްކަތް

އައިޝަތު އިމްސާ
16 ގަޑިއިރު ކުރިން - 18 ސެޕްޓެންބަރު 2026 22:05
ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރޭ ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނަން ހުށަހެޅި ދެ އާޓިސްޓުން ކަމަށްވާ ނާއި އަދި އަބޯ
ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރޭ ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނަން ހުށަހެޅި ދެ އާޓިސްޓުން ކަމަށްވާ ނާއި އަދި އަބޯ
ޚުލާސާ

ދިވެހި ރުފިޔާގެ ނިޝާން (U+20C2) ޔުނިކޯޑް 18.0 ގައި ހިމެނުމުން، ވަކި ހާއްސަ ފޮންޓަކަށް ބަރޯސާވުމެއް ނެތި ދުނިޔޭގެ ޑިޖިޓަލް އަދި މާލީ ނިޒާމުތަކުގައި ފަސޭހަކަމާއެކު އެ ނިޝާން ބޭނުންކުރެވޭނެ މަގު ވަނީ ތަނަވަސްވެފަ.

ދިވެހި ރުފިޔާގެ ނިޝާން ބައިނަލްއަގުވާމީ "ޔުނިކޯޑް ސްޓޭންޑާޑް 18.0" ގައި ހިމެނި، ސެޕްޓެމްބަރު 16 ގައި ރަސްމީކޮށް އާންމުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ޓެކްނޮލޮޖީ އަދި ފޮންޓް ފަރުމާކުރުމުގެ ދާއިރާގެ ހުނަރުވެރި ޒުވާނުންތަކެއް ކުރި ގިނަދުވަސްވީ މަސައްކަތުގެ ނަތީޖާއެކެވެ. U+20C2 ގެ ނަމުގައި ކޯޑު ޕޮއިންޓް ކަނޑައެޅުނު މި ނިޝާން "ރުފިޔާ ސައިން" ގެ ގޮތުގައި ޔުނިކޯޑަށް ހުށަހެޅީ ނާއިލް އަބްދުއްރަހްމާން (ކުޑަ ނާއި) އަދި އަބްދުﷲ ޝަފީއު (އަބޯ) އެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތާއީދާއެކު ހުށަހެޅި މި ޕްރޮޕޯޒަލް ތައްޔާރުކުރީ ބައިނަލްއަގުވާމީ އަކުރުތަކުގެ މިންގަނޑަށް އަކުރެއް އިތުރުކުރުމުގައި އަމަލުކުރާ ފަންނީ އޮނިގަނޑާ އެއްގޮތަށެވެ. މީގެ ތެރޭގައި އެ އަކުރުގެ ސިފަތަކާއި، ލިޔާނެ ގޮތާއި، ފޮންޓްތަކުގައި އެ ބޭނުންކުރާނެ ގޮތް ސާބިތުކޮށްދިނުން ހިމެނެއެވެ. މި މަރުހަލާގައި ބޭނުންކުރުމަށް ރުފިޔާ ނިޝާނުގެ ކޮމްޕިއުޓަރު ފޮންޓެއް ފަރުމާކޮށްފައިވަނީ "އަކުރު ޓައިޕް" ގެ އަބޯ އެވެ. މީގެ އިތުރުން މޯލްޑިވްސް އައިސީޓީ އެލަޔަންސްގެ ހަސަން އިރުފާން އާއި ޔުނިކޯޑް މާހިރު އަބްދުﷲ ގާދިރު އަދި ޑރ. ސަރްމަދު ހުސައިން ވަނީ މި މަސައްކަތުގައި އެހީތެރިވެދީފައެވެ.

ރުފިޔާގެ ނިޝާނަކީ 2022 ގައި އެމްއެމްއޭއިން ތައާރަފުކުރި، ހަސަން ޝުޖާއު ފަރުމާކުރި ނިޝާނެކެވެ. މިއީ ތާނަ އަކުރު "ރ" އާއި ހިސާބު އިލްމުގައި ބޭނުންކުރާ ހަމަހަމަކަމުގެ ނިޝާން އެކުލެވޭ ގޮތަށް ހަދާފައިވާ ރަމްޒެކެވެ. ނަމަވެސް، 2022 އިން ފެށިގެން އެ ނިޝާން ބޭނުންކުރަމުން އައީ ހާއްސަ ފޮންޓްތަކާއި ޓައިޕޮގްރަފިކް އުކުޅުތައް ބޭނުންކޮށްގެން ކަމަށްވާތީ، ޑިޖިޓަލް ސިސްޓަމްތަކުގައި ބޭނުންކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރެއެވެ.

Advertisement

Advertisement 1

މި ބަދަލާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ކޮމްޕިއުޓަރާއި، ފޯނާއި، ވެބްސައިޓްތަކާއި، މާލީ ނިޒާމުތަކުގައި ވަކި ހާއްސަ ފޮންޓަކަށް ބަރޯސާވުމެއް ނެތި، ދިވެހި ރުފިޔާގެ ނިޝާން އޭގެ އަސްލު ގޮތުގައި ބޭނުންކުރެވޭނެއެވެ.

އެމްއެމްއޭޒުވާނުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހި ރުފިޔާގެ ނިޝާން  ޑިޖިޓަލް ވަސީލަތްތަކުގައި ބޭނުންކުރެވޭނެ މަގު އެމްއެމްއޭއިން ތަނަވަސްކޮށްދީފި

ދިވެހި ރުފިޔާގެ ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑާޑުގައި ހިމަނައިފި

2 ދުވަސް ކުރިން - 12:23

ރާއްޖޭގެ ރަސްމީ ރިޒާވްގައި 643 މިލިއަން ޑޮލަރަށްވުރެ މަތީގައި: އެމްއެމްއޭ

ރާއްޖޭގެ ރަސްމީ ރިޒާވްގައި 643 މިލިއަން ޑޮލަރަށްވުރެ މަތީގައި: އެމްއެމްއޭ

3 ދުވަސް ކުރިން - 20:30

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

17 ދުވަސް ކުރިން - 19:00

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

22 ދުވަސް ކުރިން - 11:46

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

25 ދުވަސް ކުރިން - 11:40

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

25 ދުވަސް ކުރިން - 14:50