ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި ޒުވާނުންނަށް ޚާއްޞަކޮށްފައިވާ 7 ގޮނޑީގެ ތެރެއިން ގޮނޑިއަކަށް، 851 މެންބަރުންގެ ވޯޓާއެކު ލުޖައިނުالله ޒުހައިރު އިންތިޚާބު ކޮށްފިއެވެ.
މިއަދު ބޭއްވި ފޯރިގަދަ އިންތިޚާބުގައި ޒުވާނުންގެ މަޖިލީހުގެ 7 ގޮނޑިއަށް ޖުމްލަ 13 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. މީގެތެރެއިން ލުޖައިން މި ގޮނޑި ކާމިޔާބުކުރީ ވޯޓުލީ މީހުންގެ %78އެވެ.
މި އިންތިޚާބުން ހޮވުނު އްނެއް 6 މެންބަރުންނަކީ:
- ސިމާނު ހާދީ – 881 ވޯޓު
- އިބްރާހީމް އަދުނާން ނިމާލް – 857 ވޯޓު
- މަލްޝާ ޝަރީފް – 856 ވޯޓު
- މުހައްމަދު އަސީލް – 852 ވޯޓު
- އިސްމާއިލް ރިފާއު – 850 ވޯޓު
މި އިންތިޚާބުގައި ދެން ވާދަކުރެއްވި ކެންޑިޑޭޓުންނާއި ލިބުނު ވޯޓުގެ ޢަދަދު:
- ހައްމާދު ރަޝީދު – 849 ވޯޓު
- ހައްމާދު އަބްދުލްކަރީމް – 841 ވޯޓު
- އަލީ ޝާހު އަބޫބަކުރު – 193 ވޯޓު
- އަހުމަދު ޒައީމް – 157 ވޯޓު
- މުހައްމަދު އަސްއަދު – 108 ވޯޓު
- ހުސައިން ޒަހުރަން ހަސަން – 59 ވޯޓު
- އަހުމަދު މީކާއީލް – 49 ވޯޓު









