Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

އައިޝަތު އިމްސާ
4 ގަޑިއިރު ކުރިން - 16 ސެޕްޓެންބަރު 2026 10:32
ދަތުރު ކުރަމުންދާ ބޯޓެއް / ފޮޓޯ: ހުލާސާ
ދަތުރު ކުރަމުންދާ ބޯޓެއް / ފޮޓޯ: ހުލާސާ
ޚުލާސާ

މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައި 40 މޭލަށް އަރާ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި. ނަމަވެސް މާދަމާއިން ފެށިގެން މޫސުން އަލިވާނެތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓު އޮފީސް) ލަފާކޮށްފިއެވެ. މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ފާހަގަކޮށް، އެ އިދާރާއިން ދަނީ ރައްކާތެރިކަމުގެ އެލާޓްތައް ނެރެމުންނެވެ.

އެގޮތުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ފަތިހު 05:30 އިން ހެނދުނު 11:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

Advertisement

Advertisement 1

މި ދުވަސްވަރު ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ. ނަމަވެސް މާދަމާއިން ފެށިގެން މޫސުން އަލިވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ނުހަނު ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުންވިއްސާރަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެކުނުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި ގެއްލުންވި އާއިލާތަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ދެކުނަށް ކުރި ވިއްސާރައިގައި ގެއްލުންވި އާއިލާތަކަށް އެންޑީއެމްއޭއިން އެހީވާން ފަށައިފި

2 ގަޑިއިރު ކުރިން - 12:19

ދެކުނަށް ކުރަމުންދާ ބާރުގަދަ ވިއްސާރައިގައި އައްޑޫ ފޭދޫގެ ގިނަ ގެތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ފޭދޫގެ ގިނަ ގެތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

2 ދުވަސް ކުރިން - 05:03

ވިއްސާރަވެ މޫސުން ގޯސްވަނީ: އަންނަ ބުދައަށް މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

ވިއްސާރަވެ މޫސުން ގޯސްވަނީ: އަންނަ ބުދައަށް މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

3 ދުވަސް ކުރިން - 12:14

ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށްއޮތް ދެ ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

5 ދުވަސް ކުރިން - 13:47

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ މެޓުން ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

6 ދުވަސް ކުރިން - 14:23

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން ބުނެފި

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން

14 ދުވަސް ކުރިން - 12:47