Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

ހުސައިން އިސްމާއިލް
5 ގަޑިއިރު ކުރިން - 14 ސެޕްޓެންބަރު 2026 19:07
ހޯމް މިނިސްޓަރު ޢަލީ އިޙްސާން
ހޯމް މިނިސްޓަރު ޢަލީ އިޙްސާން
ޚުލާސާ

ބައެއް ވިޔަފާރިތަކުން ބޭރަށް ފޮނުވާ ފައިސާއަކީ މުދާ ގަތުމަށް ދައްކާ އެޑްވާންސް ޕޭމަންޓް ކަމަށް ބުނި ނަމަވެސް، އަހަރެއް ވެގެންދާއިރު ވެސް އެ ފައިސާއަށް ވާ މުދާ ރާއްޖެއަށް އެތެރެނުވެ ހުންނަކަން ވަނީ ތަހުގީގުތަކުން އެނގިފަ.

ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ބޭރުން މުދާ އެތެރެކުރުމުގެ ނަމުގައި ހަދަމުންދާ ބޮޑެތި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ޚާއްޞަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ހޯމް މިނިސްޓަރު ޢަލީ އިޙްސާން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ޑޮލަރު ދޫކޮށްފައިވީ ނަމަވެސް، އެ ފައިސާއާ އެއްގޮތަށް ރާއްޖެއަށް މުދާ އެތެރެނުވާ ބޮޑެތި މައްސަލަތަކެއް ދައުލަތުގެ މުއައްސަސާތަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ޤައުމުގެ ބޭރު ފައިސާގެ ރިޒާވަށް ބޮޑު ނުފޫޒެއް ފޯރަމުންދާ ކަމަކަށް ވާތީ، މިކަން ހަރުދަނާކޮށް ބެލެހެއްޓުމަކީ މިވަގުތަށް ނުހަނު މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިޙްސާން އިތުރަށް އަލިއަޅުއްވާލެއްވި ގޮތުގައި، ބައެއް ވިޔަފާރިތަކުން ބޭރަށް ފޮނުވާ ފައިސާއަކީ މުދާ ގަތުމަށް ދައްކާ އެޑްވާންސް ޕޭމަންޓް ކަމަށް ބުނި ނަމަވެސް، އަހަރެއް ވެގެންދާއިރު ވެސް އެ ފައިސާއަށް ވާ މުދާ ރާއްޖެއަށް އެތެރެނުވެ ހުންނަކަން ވަނީ ތަހުގީގުތަކުން އެނގިފައެވެ. މިފަދަ ކަންކަމަކީ ބޭރު ފައިސާގެ ރަސްމީ ނިޒާމުގެ ބޭރުން ނާޖާއިޒު މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ ހީލަތްތެރި އުކުޅަކަށް ވެދާނެތީ، ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ޓީޓީތަކުގެ ހަގީގީ ސައްހަކަން ވަގުތުން ވަގުތަށް ބަލާނެ އޮޓޮމޭޓެޑް ނިޒާމެއް ޤާއިމްކުރުމުގެ ރޭވުންތައް ސަރުކާރުން މިހާރު ދަނީ އެކުލަވާލަމުންނެވެ. މީގެ ސަބަބުން ޤާނޫނީ އިމުގެ ތެރެއިން ހިންގާ ރަސްމީ ވިޔަފާރިތަކަށް އެއްވެސް ހުރަހެއް ނޭޅި، ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް ހުއްޓުވޭނެއެވެ.

Advertisement

Advertisement 1

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ބަންޑާރަނައިބު އަޙްމަދު އުޝާމް ވެސް ވަނީ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށް މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތްތަކަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ. ސަރުކާރުން އަޅަމުންދާ މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް މިހާރު ވަނީ ވަރަށް ބޮޑަށް ތިރިކުރެވިފައި ކަމަށާއި، ބޭރު ފައިސާގެ ޤަވާއިދުތަކަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ބާރުމިނެއްގައި ކުރިއަށްދާކަން ވަޒީރުން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ދިވެހި ވިޔަފާރިތަކާއި ޤައުމީ އިޤްތިޞާދަށް މާލީ ނިޒާމުގެ ތެރެއިން ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

މިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

21 ދުވަސް ކުރިން - 13:11

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

34 ދުވަސް ކުރިން - 11:58

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

53 ދުވަސް ކުރިން - 09:28

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

77 ދުވަސް ކުރިން - 09:03

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

96 ދުވަސް ކުރިން - 11:09

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

103 ދުވަސް ކުރިން - 07:07