Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުލުން ދޭ ނަސޭހަތާއި އަމަލު އެއްގޮތްކުރުމަށް ޒުވާން ހަތީބުންނަށް ރައީސް އިލްތިމާސްކުރައްވައިފި

ދުލުން ދޭ ނަސޭހަތާއި އަމަލު އެއްގޮތްކުރުމަށް ޒުވާން ހަތީބުންނަށް ރައީސް އިލްތިމާސްކުރައްވައިފި

ފާތިމަތު އަނަން މުހައްމަދު
14 ގަޑިއިރު ކުރިން - 14 ސެޕްޓެންބަރު 2026 23:46
"ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު | ފޮޓޯ: ރައީސް އޮފީސް
"ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު | ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ 5 ބުރެއް މިހާތަނަށް ހިންގާފައިވާއިރު، މި ޕްރޮގްރާމުގެ ސަބަބުން ރަށްރަށުގައި ހުކުރު ހުތުބާ ކިޔާނެ އިމާމުން ލިބުމުގައިހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިފައިވާކަން ފާހަގަކުރެވޭ.

ދިވެހިރާއްޖޭގެ އިސްލާމީ ވަހްދަތާއި ޝަހްސިއްޔަތު ދަމަހައްޓައި، މުސްތަގުބަލުގެ ފިކުރީ މިސްރާބު ބައްޓަންކުރުމުގައި ޒުވާން ހަތީބުން އަމަލީ ނަމޫނާއަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ޝަރަފުވެރި މުނާސަބަތާ ގުޅިގެން ބޭއްވި "ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ހަތީބުންގެ ބަހާއި އަމަލު އެއްގޮތްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދުލުން ބުނާ ބަހަށް އަމަލުން ފުރިހަމައަށް އިހްލާސްތެރިވުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމީ ދައުވަތުގެ ދަންމަރު އުފުލުމަށް 700 އަށްވުރެ ގިނަ ތައުލީމީ ޒުވާނުން ނުކުތުމަކީ ދިވެހި އިސްލާމީ ރޫހަށް ލިބުނު އާ ބާރެއް ކަމުގައެވެ. އަދި އޭގެތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މި މަހާސިންތާގައި ބައިވެރިވުމަކީ ގައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދީނުގެ އަސާސަކީ މަސްލަހަތުކަން ބަޔާންކުރައްވަމުން، ޒުވާން ހަތީބުން ދުލާއި ގަލަން ހިންގުމުގައި އިންސާނީ ކަރާމާތާއި މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ހިކްމަތްތެރިކަން އިސްކުރުމަށް އެމަނިކުފާނު އިރުޝާދުދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދުގެ ޒުވާން ހަތީބުންނަކީ މާދަމާ ރާއްޖޭގެ އިލްމުވެރިންނާއި، ވިސްނުންތެރިންނާއި، ކުޅަދާނަ ބަސްމޮށުންތެރިންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތުގައި، އެ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ 5 ބުރެއް މިހާތަނަށް ހިންގާފައިވާއިރު، މި ޕްރޮގްރާމުގެ ސަބަބުން ރަށްރަށުގައި ހުކުރު ހުތުބާ ކިޔާނެ އިމާމުން ލިބުމުގައިހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވާލައި، ރާއްޖެއާއި މެލޭޝިއާއިން ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަކަށް މަޝްވަރާކުރަނީ

ރާއްޖެއާއި މެލޭޝިއާއިން ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަކަށް މަޝްވަރާކުރަނީ

14 މިނެޓު ކުރިން - 14:12

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

2 ގަޑިއިރު ކުރިން - 11:34

ވަގުފުތަކާއި މިސްކިތްތައް ބެލެހެއްޓުމަށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ރައީސް ކުންފުންޏެއް އުފައްދަވައިފި

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

2 ދުވަސް ކުރިން - 12:23

ގައުމު ސަލާމަތްކުރެވޭނީ އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން: ރައީސް

ގައުމު ސަލާމަތްކުރެވޭނީ އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން: ރައީސް

2 ދުވަސް ކުރިން - 12:20

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

7 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

7 ދުވަސް ކުރިން - 20:20