Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

24 ގަޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ތެޔޮ ޓޭންކަރަކަށް އީރާނުގެ ބާރުގަދަ ހަމަލާތަކެއް!

24 ގަޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ތެޔޮ ޓޭންކަރަކަށް އީރާނުގެ ބާރުގަދަ ހަމަލާތަކެއް!

ހުސައިން އިސްމާއިލް
11 ގަޑިއިރު ކުރިން - 11 ސެޕްޓެންބަރު 2026 22:06
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ބްރިޓިޝް ޓޭންކަރަކަށް އީރާނުން ހަމަލާ ދިނުމުގެ ސަބަބުން ރޯވެފައި. (ފައިލް ފޮޓޯ)
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ބްރިޓިޝް ޓޭންކަރަކަށް އީރާނުން ހަމަލާ ދިނުމުގެ ސަބަބުން ރޯވެފައި. (ފައިލް ފޮޓޯ)
ޚުލާސާ

އެމެރިކާގެ ދެމަނަވަރާއި ތެޔޮޓޭންކަރުތަކަށް ހަމަލާ ދިނުމުގެ އިތުރުން އުރުދުންގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ ބޭހެއް ކަމަށްވާ “އަލް-އަޒްރަގް” އަށް އަމާޒުކޮށް 20 ބެލިސްޓިކް މިސައިލް ވެސް އީރާނުން ފޮނުވި.

އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކާއި ހުރަސްއެޅުންތަކަށް ބަދަލުހިފުމުގެ ގޮތުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އެމެރިކާއާއި އެމެރިކާއާ ގުޅުންހުރި ވަރުގަދަ 12 އަމާޒަކަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ސިއްސުވާލަނިވި ހަމަލާތަކެއް ދީފިއެވެ. އީރާނުގެ ރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އެމެރިކާގެ އެންމެ ބޮޑު އެއް މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ “ޔޫއެސްއެސް ޑްވައިޓް ޑީ” އަށާއި، އޭގެ ހިމާޔަތުގައި ދަތުރުކުރި އެމެރިކާގެ “ގައިޑެޑް-މިސައިލް ޑިސްޓްރޯޔާ” މަނަވަރަށް ވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސީދާ ހަމަލާދީ، އެ އުޅަނދުތަކުގެ ދިފާއީ ނިޒާމުތައް ހަލާކުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މީގެ އިތުރުން އުރުދުންގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ ބޭހެއް ކަމަށްވާ “އަލް-އަޒްރަގް” އަށް އަމާޒުކޮށް 20 ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށްވެސް އީރާނުން ވަނީ ހާމަކޮށްފައެވެ.

ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ބާރު ކަނޑުވާލުމަށް ދިން މި ހަމަލާތަކުގައި، އެމެރިކާގެ ކުންފުނިތަކަށް ނިސްބަތްވާ އަދި އެމެރިކާއަށް ތެޔޮ އުފުލާ ޖުމްލަ 10 ތެޔޮ ޓޭންކަރަކަށް އީރާނުން ވަނީ ކާމިޔާބުކަމާއެކު ހަމަލާދީ ހުއްޓުވާފައެވެ. އީރާނުގެ މީޑިއާތަކުން ނަން ހާމަކޮށްފައިވާ ޓޭންކަރުތަކުގެ ތެރޭގައި އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތު އޮންނަ “ޕެސިފިކް ޒިރްކޯން” އާއި، “އެޑްވާންޓޭޖް ސްވީޓް” އަދި “ސެއިންޓް ނިކޮލަސް” ޓޭންކަރު ހިމެނެއެވެ. މީގެ އިތުރުން، އެމެރިކާގެ ސީދާ ކޮންޓްރޯލް އޮންނަ “މާޝަލް އައިލެންޑްސް” އަދި “ލައިބީރިއާ” ގެ ދިދަ ޖަހައިގެން ދަތުރުކުރި އިތުރު 7 ޓޭންކަރަކަށް ވަނީ ހަމަލާދީފައެވެ.

Advertisement

Advertisement 1

އީރާނުގެ ރަސްމީ މީޑިއާ މެދުވެރިކޮށް އީރާނުން ވަނީ ވޮޝިންގްޓަނުގެ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު މިފަދަ ހަމަލާތައް ކުރިއަށްދާނެ ކަމުގެ ހަރުކަށި އިންޒާރު ދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އީރާނުގެ ކަނޑުގެ ސަރަހައްދުން ބޭރުން ޕާކިސްތާނާވީ ފަރާތަށް އޮންނަ “ޖާބަހާރު” ކަނޑުގެ ސަރަހައްދާ ހަމައަށް އެމެރިކާގެ އެއްވެސް އުޅަނދަކަށް ނުވަދެވޭނެހެން “މަނާ ސަރަހައްދެއް” ވަނީ ކަނޑައަޅާފައެވެ.

އީރާންއީރާން - އެމެރިކާއީރާން ކްރައިސިސް 2026
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

11 ގަޑިއިރު ކުރިން - 21:40

އީރާނުން އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

1 ދުވަސް ކުރިން - 09:30

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، "ނޯ-ގޯ ޒޯން" އެއް އިޢުލާންކޮށްފި!

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގައިފި

2 ދުވަސް ކުރިން - 08:37

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

2 ދުވަސް ކުރިން - 12:02

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

4 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

5 ދުވަސް ކުރިން - 20:35