ހުޅަނގުގެ ނުފޫޒުގައި ޖެހިގެން ޕެރޫއިން އިރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލި ކަމަށް ބުނެ ދެއްކި ދަޅައަށް، އިރާނުގެ ޚާރިޖީ ވުޒާރާއިން ވަރުގަދަ ރައްދެއް ދީފިއެވެ. އިރާނުން ބުނި ގޮތުގައި ޕެރޫގެ މި ނިންމުމަކީ އެއްވެސް ބަރުދަނެއް ނެތް، އިރާނަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫނެވެ.
މިކަމާ ގުޅިގެން އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ޕެރޫއަކީ އިރާނަށް ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެއްވެސް މުހިންމުކަމެއް އޮތް ގައުމެއް ނޫން ކަމަށެވެ. އަދި އަސްލު ދެ ގައުމުގެ ދެމެދުގައި ފާހަގަކޮށްލެވޭ ފަދަ އެއްވެސް ގުޅުމެއް ކުރިއަކުން ވެސް ނެތްއިރު، ނެތް ގުޅުމެއް ކަނޑާލި ކަމަށް ބުނެ ޕެރޫއިން އުޅެނީ ދުނިޔޭގެ ސަމާލުކަން ހޯދަން ކަމަށް އިރާނުން ބުނެއެވެ.
މިއީ އިރާނުގެ މިނިވަން އަދި ހަރުދަނާ ޚާރިޖީ ސިޔާސަތު ހާމަވެގެންދިޔަ ކަމެކެވެ. އެމެރިކާ ފަދަ ބާރުތަކުގެ ފަހަތުން ދުވާ ކުދި ގައުމުތަކުން ކޮންމެ ފިޔަވަޅެއް އެޅިޔަސް، އިރާނުގެ ކުރިއެރުމާއި ގަދަރު ކުޑައެއް ނުކުރެވޭނެ ކަމަށް އީރާނުން ބުނެއެވެ.






