Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

އައިޝަތު ރުވާ ރިފްޢަތު
13 ގަޑިއިރު ކުރިން - 24 އޯގަސްޓް 2026 14:09
އެމްޓީސީސީ ޓަވަރު. / ފޮޓޯ: ޚުލާސާ
އެމްޓީސީސީ ޓަވަރު. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 88 އިންސައްތައިގެ ބޮޑު ކުރިއެރުމެއް. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، އިމާރާތްކުރުމާއި، ބިން ހިއްކުމާއި، ބަނދަރު ހެދުން އަދި އާރުޓީއެލް ދަތުރުފަތުރުގެ ހިދުމަތްތައް ހަރުދަނާކޮށް، ފަހު ކުއާޓަރުތަކުގައި ވަނީ ބޮޑު މާލީ ކުރިއެރުމެއް ހޯދާފަ.

ރާއްޖޭގެ އުމްރާނީ ތަރައްގީއާއި ދަތުރުފަތުރުގެ ދާއިރާގައި އެންމެ އިސް ދައުރެއް އަދާކުރާ ސަރުކާރު ހިއްސާވާ މައި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފިއެވެ. މި ރިޕޯޓުން ދައްކާ ގޮތުގައި ޓެކުހަށް ކެނޑުމަށްފަހު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 84.83 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 88 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

2025 ވަނަ އަހަރުގެ ފެށުން އެމްޓީސީސީއަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މުޅި އަހަރުގެ ނަތީޖާ ދައްކަނީ ކުންފުނީގެ ހިންގުން ވަރުގަދަކޮށް މާލީ ގޮތުން ހޯދި ބޮޑު ކުރިއެރުމެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީއަށްވުރެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ގާތްގަނޑަކަށް 19.7 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޖެހިގެން އައި ކުއާޓަރުތަކުގައި ހިންގުން ހަރުދަނާކޮށް، އާމްދަނީއާއި ފައިދާ ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ.

2024 ވަނަ އަހަރު އެމްޓީސީސީއަށް ލިބުނު އާމްދަނީ 2.1 އާއި 2.16 ބިލިއަން ރުފިޔާއާ ދެމެދުގައި ހުރިއިރު، ސާފު ފައިދާއަކީ ގާތްގަނޑަކަށް 45 މިލިއަން ރުފިޔާއެވެ. އެ އަހަރު މަޝްރޫއުތަކުން ލިބެންޖެހޭ ފައިސާ ލަސްވުމާއި، އިމާރާތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތައް މަދުވުމުގެ ސަބަބުން ފައިދާ ދަށްވި ނަމަވެސް، 2025 ވަނަ އަހަރު ކުންފުނީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ. މީގެ ތެރޭގައި އިމާރާތްކުރުން، ބިން ހިއްކުން، ބަނދަރު ހެދުން، ވިޔަފާރި އަދި އާރުޓީއެލް ފެރީ އާއި ބަހުގެ ހިދުމަތް ހިމެނެއެވެ.

Advertisement

Advertisement 1

1980 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޕަބްލިކް ކުންފުނީގެ ގޮތުގައި އުފެދުނު އެމްޓީސީސީއަކީ "ރައްޔިތުންގެ ކުންފުނި" އެއްގެ ގޮތުގައި ގައުމީ ތަރައްގީގައި އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ރާއްޖޭގެ ރަށްރަށުގެ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބިން ހިއްކުމުގެ އިތުރުން މުޅި ރާއްޖެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމުގައި އެމްޓީސީސީން އަދާކުރަނީ މުހިންމު ދައުރެކެވެ. މިއީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރީގެ އިތުރުން ރަށްރަށުގެ އިޖުތިމާއީ ދިރިއުޅުމަށް ބޮޑެތި ލުއިފަސޭހަތަކެއް ގެނެސްދޭ ކަންކަމެވެ.

އެމްޓީސީސީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އިއުލާނު މިހާރު އެ ކުންފުނީގެ ރަސްމީ ޕްލެޓްފޯމްތަކުން ބައްލަވައިލެއްވޭނެއެވެ. މި ރިޕޯޓުގެ ބޭރުގަނޑު ފަރުމާކޮށްފައިވަނީ ކުންފުނީގެ ކަނޑު އުޅަނދުފަހަރާއި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ރަމްޒުކޮށްދޭ ގޮތަށެވެ.

ހިއްސާދާރުންނާއި ކަމާބެހޭ ފަރާތްތަކަށް މި ރިޕޯޓް މެދުވެރިކޮށް ކުންފުނީގެ މާލީ ހިސާބުތަކާއި، ނިމުނު އަދި އަލަށް ފެށުނު މަޝްރޫއުތަކުގެ ތަފުސީލާއި، ކުންފުނީގެ ކުރިމަގުގެ ލަނޑުދަނޑިތައް ބައްލަވައިލެއްވޭނެއެވެ. 2025 ވަނަ އަހަރު ހޯދި މި ކާމިޔާބީއާއެކު، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެމްޓީސީސީގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

އެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

1 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

4 ދުވަސް ކުރިން - 11:11

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލައިފި

ރ. މާކުރަތު ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފި

6 ދުވަސް ކުރިން - 10:53

ޓެކްސީ ލައިން އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ހުށައަޅައިފި

ޓެކްސީ ލައިން އެޕް ހެކުކުރި މައްސަލަ ފުލުހުންނަށް ހުށައަޅައިފިން: އެމްޓީސީސީ

7 ދުވަސް ކުރިން - 17:09

ޓެކްސީ އެޕްލިކޭޝަންގެ މައުލޫމާތުތައް ބަދަލުކޮށް ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

ޓެކްސީ އެޕްލިކޭޝަންގެ މައުލޫމާތުތައް ބަދަލުކޮށް ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

8 ދުވަސް ކުރިން - 19:59

ފަރެސްމާތޮޑާ އެއާޕޯޓް މަގު ހެދުމުގެ މަޝްރޫއުގެ 51 އިންސައްތަ މަސައްކަތް ނިމިއްޖެ

ފަރެސްމާތޮޑާ އެއާޕޯޓް މަގު ހެދުމުގެ މަޝްރޫއުގެ 51 އިންސައްތަ މަސައްކަތް ނިމިއްޖެ

8 ދުވަސް ކުރިން - 19:33