Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 18 ޖުލައި 2026 12:20
މިސްރުގެ ކެޕްޓަން ސަލާހު، ތުރުކީގެ ސުޕަ ލީގަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ.
މިސްރުގެ ކެޕްޓަން ސަލާހު، ތުރުކީގެ ސުޕަ ލީގަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ.
ޚުލާސާ

ތުރުކީގެ ސުޕަ ލީގަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވީ ފްރާންސްގެ މަޝްހޫރު ނޫހަކުން ރިޕޯޓު ކުރުމުން. އެ ނޫހުން ބުނީ ސަލާހަށް 10 މިލިއަން ޔޫރޯ އާއި ބޯނަހުގެ ގޮތުގައި 2 މިލިއަން ޔޫރޯ ތުރުކީން ހުށަހަޅާފައިވާ ކަމަށް.

ލިވަޕޫލްގެ ކުރީގެ ތަރި މުހައްމަދު ސަލާހު ތުރުކީގެ ބެޝިކްޓާޝް އާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، އެ ކުލަބުން އެ ވާހަކަތައް ރަސްމީކޮށް ދޮގުކޮށްފި ކަމަށް ހަބަރުތައް ބުނެފިއެވެ.

މިހާރު ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި މިސްރުގެ ކެޕްޓަން ސަލާހު، ތުރުކީގެ ސުޕަ ލީގަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނީ ފްރާންސްގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ފުޓް މާކާޓޯ" އިން އެ ޚަބަރު ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަލާހު ވަނީ ބެޝިކްޓާޝްއާއެކު އެއް އަހަރު ދުވަހުގެ އެގްރީމެންޓަކަށް (އިތުރު އެއް އަހަރަށް އާކުރެވޭ ގޮތަށް) އަނގަބަހުން އެއްބަސްވެފައެވެ. އަދި އޭނާއަށް މުސާރައިގެ ގޮތުގައި އަހަރަކު 10 މިލިއަން ޔޫރޯ އާއި ބޯނަހުގެ ގޮތުގައި 2 މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

ނަމަވެސް، ބެޝިކްޓާޝްއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ ސަލާހާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

Advertisement

Advertisement 1

ޓްރާންސްފާ މާހިރު ފަބްރީޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި، ބެޝިކްޓާޝްއިން ސަލާހު ހޯދުމަށް ރަސްމީކޮށް ޝައުގުވެރިކަން ފާޅުކޮށް، ހުށަހެޅުމެއް ދީފައިވެއެވެ. ނަމަވެސް، ދެ ފަރާތުގެ މެދުގައި ފައިނަލް އެއްބަސްވުމަކާއި ހަމައަށް އަދި ދެވިފައެއް ނުވެއެވެ.

ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމަށްފަހު ސަލާހު ހޯދުމަށް ސައުދީ އަރަބިއްޔާގެ ބޮޑެތި ކުލަބުތަކުންނާއި، އެމެރިކާގެ އެމް.އެލް.އެސް ގެ ޓީމުތަކުންވެސް ދަނީ ބޮޑެތި ހުށަހެޅުންތައް ހުށަހަޅަމުންނެވެ.

މުޙައްމަދު ޞަލާޙްތުރްކިއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

8 ގަޑިއިރު ކުރިން - 09:12

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

1 ދުވަސް ކުރިން - 09:01

ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ ދިފާއީ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް: އެރްދޮގާން

"ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް"

16 ދުވަސް ކުރިން - 09:38

ތުރުކީގައި 'ސަންރޫފް' ސިސްޓަމްލީ ތަފާތު މިސްކިތެއް ބިނާކޮށްފި

ތުރުކީގައި 'ސަންރޫފް' ސިސްޓަމްލީ ތަފާތު މިސްކިތެއް ބިނާކޮށްފި

22 ދުވަސް ކުރިން - 06:43

ތުރުކީ ބާޒާރު ދިވެހި މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު

ތުރުކީ ބާޒާރު މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު!

31 ދުވަސް ކުރިން - 13:23

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް މެދުން ބިނދި އަޑިއަށް!

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް ފެތިއްޖެ!

47 ދުވަސް ކުރިން - 18:46