ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަލްޝާ ޝަރީފް ސިޔާސީ ގޮތުން ކުރައްވާ ބުރަ މަސައްކަތްތަކަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެކްޓިވިސްޓުން ތަޢުރީފް ކުރަން ފަށައިފިއެވެ.
ސަރުކާރެއްގެ ސިޔާސީ މަޤާމެއްގައި އުޅުއްވާނަމަ އެ ސަރުކާރެއް ދިފާޢު ކުރުމަކީ މަޤާމުގެ މަސްއޫލިއްޔަތެއްކަން ފާހަގަ ކުރައްވައި އެމްޑީޕީ އެކްޓިވިސްޓަކު ކުރެއްވި އެކްސް ޕޯސްޓުގައި ވަނީ މަލްޝާއަކީ މި މަސައްކަތް އިޚްލާޞްތެރިކަމާއެކު އަދާކުރާ މަދު ބޭފުޅުންގެ ތެރެއިން އެކަކު ކަމަށެވެ. އަދި ގިނަ މީހުންނަކީ ހަމައެކަނި މާލީ މަންފާއަށްޓަކައި މަސައްކަތްކުރާ ބައެއް ކަމަށާއި، މަލްޝާގެ ހިތްވަރާއި ކެރުންތެރިކަމަށް ތަޢުރީފް ކޮށްފައި ވެއެވެ.
މަލްޝާއަށް ތަޢުރީފްކޮށް އެމްޑީޕީ އެކްޓިވިސްޓުން ސޯޝަލްމީޑިއާގައި މިވާހަކަތައް ދައްކާއިރު ފާހަގަ ކޮށްލަން ޖެހޭ މުހިންމު ކަމަކީ މަލްޝާއަކީ މިދިޔަ ދުވަސްތަކުގައި ބޭއްވުނު އިންތިހާބުތަކުގައި އަމިއްލައަށް އިސްނަންގަވައިގެން ރެޔާއި ދުވާލު މަސައްކަތް ކުރެއްވި ކަނބަލެކެވެ. ގިނަ ރޭރޭ މަލްޝާ އަށް ގެޔަށް ނިދިކުރައްވަންވެސް ދެވެނީ ވަރަށް ލަހުން ކަމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލައްވައި މަސައްކަތް ކުރެއްވީ މިސަރުކާރުގެ ސިޔާސަތުތައް ޕްރޮމޯޓްކޮށް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކަމަށް ގިނަބަޔަކު އިއްތިފާގު ވެއެވެ.
މަލްޝާއާއި ބެހޭގޮތުން ހުރި މި ޕޯސްޓްތަކުގައި އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ މަލްޝާގެ ހިތްވަރާއި ކެރުންތެރިކަމަށް ތަޢުރީފުކޮށްފުކޮށްފައެވެ.










