Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލީ ދާއިރާގެ އައު އުންމީދު: ފައިނޭންޝަލް އެކްސްޕޯ ރައީސް މުޢިއްޒު އިފްތިތާހުކޮށްދެއްވައިފި!

މާލީ ދާއިރާގެ އައު އުންމީދު: ފައިނޭންޝަލް އެކްސްޕޯ ރައީސް މުޢިއްޒު އިފްތިތާހުކޮށްދެއްވައިފި!

ހުސައިން އިސްމާއިލް
12 ގަޑިއިރު ކުރިން - 2 ޖުލައި 2026 11:50
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ޚުލާސާ

އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި، އިންޝުއަރެންސް ނެގުން ފަދަ މުހިންމު މާލީ ނިންމުންތަކަށް ބޭނުންވާ އަމަލީ އިރުޝާދު ލިބިގެންދާނެ. ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ހިޅުމާލޭ ސެންޓްރަލް ޕާކުގައި އެންމެނަށް ވަނީ ހުޅުވާލެވިފަ،

ދިވެހިރާއްޖޭގެ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި އަލަށް ތަޢާރަފުކުރާ ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު، ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މާލީ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ރަސްމިއްޔާތުގައި މާލީ ވަޒީރު ޙަސަން ޒަރީރާއި، ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވައްރު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

ހުޅުމާލެ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ އާންމުންނަށް ހިލޭ ވަދެވޭގޮތަށް، ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ހުޅުވާލެވިފައިވާ ހަރަކާތެކެވެ. މިއީ ވަކިވަކި މާލީ އިދާރާތަކަށް ދިއުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށުން ގިނަ އަދަދެއްގެ މާލީ އުފެއްދުންތަކާއި ޚިދުމަތްތައް އަޅާކިޔާލުމަށް ލިބޭ ރަން ފުރުޞަތެކެވެ.

އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި، އިންޝުއަރެންސް ނެގުން ފަދަ މުހިންމު މާލީ ނިންމުންތަކަށް ބޭނުންވާ އަމަލީ އިރުޝާދު ލިބިގެންދާނެއެވެ.

މި ހަރަކާތުގައި ވިޔަފާރި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ރެގިއުލޭޓަރީ އިދާރާތަކުގެ އިތުރުން މަތީ ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވެއެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދޭނެ ގޮތްތައް ބަލައި، ފައިސާ ދޫކުރާ ފަރާތްތަކާ ސީދާ މަޝްވަރާކޮށްލަން ލިބޭ މުހިންމު މާހައުލެކެވެ. މީގެއިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ރާއްޖޭގެ މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން މާހިރުން މަޝްވަރާކުރާ ޚާއްޞަ ޕެނަލް ޑިސްކަޝަންތައް ޖުލައި 2 އަދި 4 ގައި ކުރިއަށްދާނެއެވެ.

އެކްސްޕޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތައިލެންޑުގައި ވަރުގަދަ އެކްސިޑެންޓެއް! ގިނަބަޔަކު މަރުވެ ޒަޚަމް ވެއްޖެ!

ބެންކޮކްގައި ވަރުގަދަ އެކްސިޑެންޓެއް! ގިނަބަޔަކު މަރުވެ ޒަޚަމް!

47 ދުވަސް ކުރިން - 15:48

މި އަހަރުގެ ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

120 ދުވަސް ކުރިން - 14:03

ތުރުކީގައި ބާއްވާ ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތުރުކީގައި ބާއްވާ ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު

360 ދުވަސް ކުރިން - 17:10

މާލެ އަތޮޅު ހުރިހާ ރަށެއްގެ މަސައްކަތްތެރިކަން ދެއްކުމަށް ޚާއްޞަ އެކްސްޕޯއެއް ބާއްވަނީ

މުޅި މާލެ އަތޮޅަށް ޚާއްޞަ އެކްސްޕޯއެއް ބާއްވަނީ

569 ދުވަސް ކުރިން - 11:54