Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުއްލިއަކަށް ހުވަދޫ އާރްޓީއެލް ފެރީ ކެންސަލްވެ ދަތުރުވެރިން ހިތްހަމަނުޖެހިއްޖެ

ކުއްލިއަކަށް ހުވަދޫ އާރްޓީއެލް ފެރީ ކެންސަލްވެ ދަތުރުވެރިން ހިތްހަމަނުޖެހިއްޖެ

ހުސައިން އިސްމާއިލް
10 ގަޑިއިރު ކުރިން - 30 ޖޫން 2026 12:27
އާރްޓީއެލް ފެރީ އެއް.
އާރްޓީއެލް ފެރީ އެއް.
ޚުލާސާ

ފަސިންޖަރުން ބުނި ގޮތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ފެރީ ދަތުރު ކެންސަލްވިކަން އެމްޓީސީސީން އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ކުއްލި ބަދަލުގެ ސަބަބުން، މާލެ ދިއުމަށްޓަކައި ޑޮމެސްޓިކް ފްލައިޓްތަކުން ޓިކެޓް ނަގައި، ފެރީ އާއި ގުޅުވައިގެން ދަތުރު ރާވައިގެން ތިބި ފަރާތްތަކުގެ ކަނެކްޝަންތަކަށް ވަނީ ބުރޫއަރާފަ.

ހުވަދު އަތޮޅުގައި ދެމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ދަތުރުތައް ކުއްލި ގޮތަކަށް ކެންސަލްވުމާއި ގުޅިގެން، ގއ. ދެއްވަދޫ އިން މާލެއަށް ދަތުރުކުރުމަށް ޓިކެޓް ނަގައިގެން ތިބި ފަސިންޖަރުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ފަސިންޖަރުން ބުނި ގޮތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ފެރީ ދަތުރު ކެންސަލްވިކަން އެމްޓީސީސީން އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި ކުއްލި ބަދަލުގެ ސަބަބުން، މާލެ ދިއުމަށްޓަކައި ކޫއްޑޫ ނުވަތަ ކާޑެއްދޫއިން ޑޮމެސްޓިކް ފްލައިޓްތަކަށް ޓިކެޓް ނަގައި، ފެރީ އާއި ގުޅުވައިގެން ދަތުރު ރާވައިގެން ތިބި ފަރާތްތަކުގެ ކަނެކްޝަންތައް މެދުކެނޑި، ބޮޑެތި ތަކްލީފުތަކެއް ވަނީ އުފުލަން ޖެހިފައެވެ.

Advertisement

Advertisement 1

ހުވަދު އަތޮޅަކީ އާރްޓީއެލް ނިޒާމުގެ ޒޯން 5 ގެ ދަށުން 13 ޖުލައި 2023 އިން ފެށިގެން ރަސްމީކޮށް ހިދުމަތް ދެމުން އަންނަ ސަރަހައްދެކެވެ. މި އަތޮޅުގައި ބާރުދުވެލީގެ ހައެއްކަ ފެރީ ބޭނުންކޮށްގެން ތަފާތު 9 ރޫޓެއްގައި ހަފްތާގެ ހަތް ދުވަހު އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.

އާންމުކޮށް މޫސުން ގޯސްވުމުގެ ސަބަބުން ނުވަތަ ޓެކްނިކަލް މައްސަލަތަކާ ހުރެ ދަތުރުތައް މެދުކެނޑޭއިރު، ދަތުރުވެރިންނަށް ޓިކެޓްގެ ތާރީހު ބަދަލުކުރުމުގެ ފުރުސަތު އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ލިބެއެވެ.

މިފަދަ ކުއްލި ހާލަތްތަކުގައި އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

އާރުޓީއެލް ފެރީގއ. ދެއްވަދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާކަން އެމްޓީސީސީން ހަނދުމަކޮށްދީފި

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާ

36 ދުވަސް ކުރިން - 22:02

އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށް ދެވަނަ ދައުރަކަށް ޝާފިއު، ދެއްވަދޫ ކައުންސިލްގެ 3 ގޮޑި ވެސް ޕީއެންސީއަށް

އެމްޑީޕީ ކެންޑިޑޭޓް ބަލިކޮށް ދެވަނަ ދައުރަކަށް ޝާފިއު

85 ދުވަސް ކުރިން - 17:10

ލާމު އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ލާމު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

91 ދުވަސް ކުރިން - 20:16

ފ. އަދި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

އާރްޓީއެލް ފެރީގެހިދުމަތް ފ. އަދި ދ. އަތޮޅަށް

132 ދުވަސް ކުރިން - 14:00

ދެއްވަދޫން ވިލިމާލެއާ ހަތަރެ ކެބެޔެޓެ ފަޑެއިލެއި ފައިނަލެޓެ އެބެގެއާ

ދެއްވަދޫން ވިލިމާލެއާ ހަތަރެ ކެބެޔެޓެ ފަޑެއިލެއި ފައިނަލެޓެ

138 ދުވަސް ކުރިން - 01:07

މުބާރާތުގެ އެންމެ ކާމިޔާބު ރަށް ޕެނަލްޓީގައި ބަލިކުރުމަށްފަހު ދެއްވަދޫ ސެމީއަށް

އެންމެ ކާމިޔާބު ރަށް ބަލިކުރުމަށްފަހު ދެއްވަދޫ ސެމީއަށް

141 ދުވަސް ކުރިން - 01:27