Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަނަށްވުރެ އިތުރުވިޔަ ނުދިނުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދަނީ

ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަނަށްވުރެ އިތުރުވިޔަ ނުދިނުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދަނީ

އައިޝަތު ރުވާ ރިފްޢަތު
4 ގަޑިއިރު ކުރިން - 13 ޖޫން 2026 19:54
ސްވިޒަލޭންޑުގެ ރައްޔިތުން މަގުމަތީގައި---
ސްވިޒަލޭންޑުގެ ރައްޔިތުން މަގުމަތީގައި---
ޚުލާސާ

މިއީ އެ ގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ "ސްވިސް ޕީޕަލްސް ޕާޓީ" އިން ހުށަހަޅާފައިވާ ހުށަހެޅުމެއް. މި ހުށަހެޅުމުގައިވާ ގޮތުން، 2050 ވަނަ އަހަރުގެ ކުރިން ސްވިޒަލޭންޑުގެ އާބާދީ 9.5 މިލިއަނަށް އަރައިފިނަމަ، ސަރުކާރުން ވަގުތުން ފިޔަވަޅުތަކެއް އަޅަންޖެހޭނެ.

ސްވިޒަލޭންޑުގެ އާބާދީ ވަކި މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި، އެ ޤައުމުގެ އާބާދީ 10 މިލިއަނަށްވުރެ އިތުރުވިޔަ ނުދިނުމަށް ގޮވާލާ ހުށަހެޅުމަކަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބޭނުންވާ ސޮއި ހަމަކޮށްފިއެވެ.

މި އިސްނެގުމަކީ ސްވިޒަލޭންޑުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ "ސްވިސް ޕީޕަލްސް ޕާޓީ" (އެސް.ވީ.ޕީ) އިން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެ ޕާޓީން ވަނީ މިކަމަށްޓަކައި ބޭނުންވާ 114,000 އަށްވުރެ ގިނަ ސޮއި ބުދަ ދުވަހު އެ ގައުމުގެ ފެޑަރަލް ޗާންސެލަރީއަށް ހުށަހަޅާފައެވެ. ސްވިޒަލޭންޑުގެ ސީދާ ޑިމޮކްރަސީގެ ނިޒާމު އޮންނަ ގޮތުން، 100,000 ސޮއި ހަމަކޮށްފިނަމަ އެ ކަމަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ވޯޓެއް ނަގަންޖެހެއެވެ.

މި ހުށަހެޅުން ހުށަހެޅި މައިގަނޑު ސަބަބަކީ ސްވިޒަލޭންޑަށް ހިޖުރަކުރާ މީހުންގެ އަދަދު ކޮންޓްރޯލްކޮށް، ގައުމުގެ ވަސީލަތްތަކާއި ތިމާވެށި ރައްކާތެރިކުރުމެވެ. އެސް.ވީ.ޕީ އިން ބުނާ ގޮތުގައި، އާބާދީ ހަލުވިކަމާއެކު އިތުރުވުމުގެ ސަބަބުން ގެދޮރުގެ އަގު ބޮޑުވުމާއި، ކަރަންޓުގެ ޚިދުމަތަށް ބާރުބޮޑުވުމާއި، އަދި ޤައުމުގެ އުމްރާނީ ވަޞީލަތްތަކަށް ނުކަތާވަރު ވަނީ ވެފައެވެ. އެހެންކަމުން ޤައުމުގެ ސަގާފަތާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އާބާދީ ކޮންޓްރޯލްކުރުން މުހިންމު ކަމަށް އެ ޕާޓީން ދެކެއެވެ.

Advertisement

Advertisement 1

މި ހުށަހެޅުމުގައިވާ ގޮތުން، 2050 ވަނަ އަހަރުގެ ކުރިން ސްވިޒަލޭންޑުގެ އާބާދީ 9.5 މިލިއަނަށް އަރައިފިނަމަ، ސަރުކާރުން ވަގުތުން ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ. މީގެ ތެރޭގައި ބޭރު މީހުންނަށް މަސައްކަތް ކުރުމަށް ދޫކުރާ ހުއްދަތައް މަދުކުރުމާއި، އާއިލާތައް އެއްކޮށް ދިރިއުޅުމަށް ދޭ ހުއްދަތަކަށް ހުރަސްއެޅުން ހިމެނެއެވެ. ސްވިޒަލޭންޑުގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 8.9 މިލިއަނެވެ.

މި ވޯޓު ނަގާނެ ވަކި ތާރީޚެއް އަދި ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިކަމާ ގުޅޭގޮތުން ރައްޔިތުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި މިފަދަ ނިންމުމެއްގެ ސަބަބުން ސްވިޒަލޭންޑުގެ އިޤްތިޞާދަށް ބޭނުންވާ މަސައްކަތްތެރިން ލިބުމަށް ދަތިވެ، ވިލާތުގެ އިއްތިހާދާއެކު އޮންނަ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެއެވެ.

ސުވިޒަރލެންޑްއާބާދީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑެލްވައިސް އެއާއިން ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

އެޑެލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

51 ދުވަސް ކުރިން - 14:06

މަދޫރޯގެ މުދާތައް ސްވިޒަލޭންޑުން ފްރީޒް ކޮށްފި

މަދޫރޯގެ މުދާތައް ސްވިޒަލޭންޑުން ފްރީޒް ކޮށްފި

159 ދުވަސް ކުރިން - 18:51

ސްވިޒަލޭންޑުގެ އަލިފާން: ފުރަތަމަ ދެނެގަނެވުނު 4 މީހުންގެ ތެރޭގައި ދެކުޑަކުދިން

ސްވިޒަލޭންޑުގެ އަލިފާން: ފުރަތަމަ ދެނެގަނެވުނު 4މީހުންގެތެރޭގައި ދެކުޑަކުދިން

161 ދުވަސް ކުރިން - 16:58

ރާބޯންތިއްބާ އަލިފާން ރޯވުން: މަރުވި މީހުންގެ އަދަދު 47 އަށް

ރާބޯންތިއްބާ ރޯވުން: މަރުވި މީހުންގެ އަދަދު 47އަށް

162 ދުވަސް ކުރިން - 14:36

އާއަހަރު ފާހަގަ ކުރަން ރާބޯންތިއްބާ މަރުވި މީހުންގެ ޢަދަދު ސާޅީހަށް!

އާއަހަރު ފާހަގަކުރަން ރާބޯންތިއްބާ މަރުވިމީހުންގެ ޢަދަދު ސާޅީހަށް

163 ދުވަސް ކުރިން - 17:55