Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިސްރު މެޗުގެ ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

މިސްރު މެޗުގެ ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

އައިޝަތު ރުވާ ރިފްޢަތު
5 ގަޑިއިރު ކުރިން - 10 ޖުލައި 2026 17:14
ޕޯޗުގަލްގެ ރެފްރީ ޖޮއާއޯ ޕިންހެއިރޯ---
ޕޯޗުގަލްގެ ރެފްރީ ޖޮއާއޯ ޕިންހެއިރޯ---
ޚުލާސާ

މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި މިސްރުގެ ޓީމުން މޮޅު ކުޅުމެއް ދައްކާފައިވަނިކޮށް، ރެފްރީ ލެޓެކްސިއޭގެ ފަރާތުން ފެނިގެންދިޔައީ އާޖެންޓީނާއަށް ބުރަވެފައިވާ ނިންމުންތަކެއް. ދެން އަންނަ މެޗުގެ އެސިސްޓަންޓް ރެފްރީންގެ ގޮތުގައިވެސް ހަމަޖައްސާފައިވަނީ ޕޯޗުގަލްގެ ދެ ރެފްރީން ކަމަށްވާ ބްރޫނޯ ޖީސަސް އަދި ލޫސިއާނޯ މައިއާ.

ވޯލްޑް ކަޕްގެ ގަދަ 16 ގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ މައްސަލަތައް ފޮރުވުމަށް ފީފާއިން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކާއެކު، އާޖެންޓީނާ ދެން ކުޅޭ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފިއެވެ.

މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި މިސްރުގެ ޓީމުން މޮޅު ކުޅުމެއް ދައްކާފައިވަނިކޮށް، ރެފްރީ ލެޓެކްސިއޭގެ ފަރާތުން ފެނިގެންދިޔައީ އާޖެންޓީނާއަށް ބުރަވެފައިވާ ނިންމުންތަކެކެވެ. މިގޮތުން މިސްރަށް ލިބެންޖެހޭ ސާފު ދެ ޕެނަލްޓީއެއް ރެފްރީ ދީފައިނުވާއިރު، ވީއޭއާރު އިންވެސް އެކަމަށް އެދެވޭ އިޝާރާތެއް ކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، މިސްރުން ކާމިޔާބުކުރި މުހިންމު ލަނޑެއްވެސް ރެފްރީ ވަނީ ބާތިލްކޮށްފައެވެ.

މި މައްސަލައިގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ، މިސްރުގެ ކުޅުންތެރިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށް، އެ ގައުމުގެ ހައްގުގައި އަޑުއުފުލާތީ ފީފާއިން އެ ގައުމަށް ދަތިކުރުމުގެ ގޮތުން ގަސްދުގައި ނިންމި ނިންމުންތަކެއް ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. މިސްރުގެ ސަޕޯޓަރުންނާއި މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި، ދަނޑުމަތީގައި އާޖެންޓީނާ މޮޅުވީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ދެއްކި ކުޅުމަކުން ނޫން ކަމަށާއި، އެއީ ފީފާގެ ނުފޫޒާއި ރެފްރީގެ ނިންމުންތަކުން ހޯދައިދިން މޮޅެކެވެ.

Advertisement

Advertisement 1

މި ފާޑުކިޔުންތަކާއި މައްސަލަތަކުގެ މަތި އެޅުމުގެ ގޮތުން، ވޯލްޑް ކަޕްގައި އާޖެންޓީނާ ދެން ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގެ ރެފްރީއަކަށް ފީފާއިން މިހާރު ވަނީ ޕޯޗުގަލްގެ ޖޮއާއޯ ޕިންހެއިރޯ ހަމަޖައްސާފައެވެ. މި މެޗުގެ އެސިސްޓަންޓް ރެފްރީންގެ ގޮތުގައިވެސް ހަމަޖައްސާފައިވަނީ ޕޯޗުގަލްގެ ދެ ރެފްރީން ކަމަށްވާ ބްރޫނޯ ޖީސަސް އަދި ލޫސިއާނޯ މައިއާއެވެ.

މީގެ އިތުރުން، ހަތަރުވަނަ އޮފިޝަލަކަށް ކެނެޑާގެ ޑްރޫ ފިޝާ ހަމަޖައްސާފައިވާއިރު، ރިޒާވް އެސިސްޓަންޓް ރެފްރީއަކީ މައިކަލް ބާވެޖަންއެވެ. މި ނިންމުމާއެކުވެސް ގިނަ ބަޔަކު ދަނީ ފީފާގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދަމުންނެވެ.

އާޖެންޓީނާސުވިޒަރލެންޑްއިޖިޕްޓްފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

58 މިނެޓު ކުރިން - 22:00

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

19 ގަޑިއިރު ކުރިން - 03:18

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

2 ދުވަސް ކުރިން - 20:16

އާޖެންޓީނާގެ އެފްއޭއިން އެމެރިކާގައި ހިންގި މާލީ މުއާމަލާތްތަކެއްގެ މައްސަލަ އެފްބީއައި އިން ބަލަން ފަށައިފި

އާޖެންޓީނާގެ އެފްއޭއިން އެމެރިކާގައި ހިންގި މާލީ މުއާމަލާތްތަކެއްގެ މައްސަލަ ބަލަންފަށައިފި

2 ދުވަސް ކުރިން - 19:49

އައިޝޯސްޕީޑަށް ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލަ ފީފާއިން ތަހުގީގު ކުރަން ފަށައިފި

އައިޝޯސްޕީޑަށް ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލަ ފީފާއިން ތަހުގީގު ކުރަން ފަށައިފި

2 ދުވަސް ކުރިން - 19:18

ފީފާއާއި ރެފްރީގެ އެހީތެރިކަމާއެކު އާޖެންޓީނާ ކުއާޓާ އަށް؛ މިސްރުގެ މައްސަލައަކަށްވީ ފަލަސްތީނަށް ހަމްދަރުދީވުން

ފީފާއާއި ރެފްރީގެ އެހީތެރިކަމާއެކު އާޖެންޓީނާ ކުއާޓާ އަށް

2 ދުވަސް ކުރިން - 23:38