ސްވިޒަލޭންޑުގެ އަލިފާން: ފުރަތަމަ ދެނެގަނެވުނު 4 މީހުންގެ ތެރޭގައި ދެކުޑަކުދިން

ޢަބްދުﷲ ޖުނައިދު | 21 ދުވަސް ކުރިން - 3 ޖެނުއަރީ 2026 16:58
މަރުވި މީހުންގެ ހަނދާނުގައި "ލެ ކޮންސްޓެލޭޝަން" ބާގެ ބޭރުގައި ހަދާފައިވާ ބިނާ / ފޮޓޯ: ރޮއިޓަސް
މަރުވި މީހުންގެ ހަނދާނުގައި "ލެ ކޮންސްޓެލޭޝަން" ބާގެ ބޭރުގައި ހަދާފައިވާ ބިނާ / ފޮޓޯ: ރޮއިޓަސް
ޚުލާސާ

ސްވިޒަލޭންޑުގައި އޮތް އާއަހަރުގެ ޕާޓީތެރޭގައި އަނދައިހުލިވި މީހުންގެތެރެއިން 21 އަހަރުގެ އަންހެނަކާއި 18 އަހަރުގެ ފިރިހެނަކާއި، 16 އަހަރުގެ އަންހެންކުއްޖަކާއި 16 އަހަރުގެ ފިރިހެންކުއްޖެއްގެ ހަށިގަނޑު ދެނެގަނެވިއްޖެ

އާއަހަރު ފާހަގަކުރުމުގެ ގޮތުން ސްވިޒަލޭންޑުގައި ކުރިޔަށް ދިޔަ އުފާފާޅުކުރުންތަކުގެ ތެރޭގައި ބާއެއްގައި ރޯވެ އަނދައި ހުލިވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު ދެނެގަނެވިއްޖެ ކަމަށާއި އޭގެތެރޭގައި ދެކުޑަކުދިން ހިމެނޭ ކަމަށް އެ ޤައުމުގެ ފުލުހުން މިއަދު ބުނެފިއެވެ.

ސްވިޒަލޭންޑްގެ ސްކީ ރިސޯޓް ޓައުން ކްރެންސް-މޮންޓަނާގައި އާ އަހަރު ފާހަގަކުރުމުގެ ތެރޭގައި ރާ ބޯން ތިބި ބާއެއްގައި އަލިފާން ރޯވި ހާދިސާގައި މަރުވި މީހުންގެ އަދަދު 47 އަރާފައި ވާއިރު 112 މީހުން ޒަޚަމް ވިއެވެ. 

ފޮރިންސިކް ތަޙްލީލުތަކަށްފަހު މިހާތަނަށް ހަށިގަނޑު ކަށަވަރުވެފައި ވަނީ 21 އަހަރުގެ އަންހެނަކާއި 18 އަހަރުގެ ފިރިހެނަކާއި، 16 އަހަރުގެ އަންހެންކުއްޖަކާއި 16 އަހަރުގެ ފިރިހެންކުއްޖެއްގެ ހަށިގަނޑު ކަމަށް އެ ޤައުމުން މިއަދު ބުންޏެވެ.

މި ހާދިސާގައި އިޓަލީގެ ހަމީހަކު ގެއްލިފައިވާއިރު 13 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެއެވެ.

މަރުވެފައިވާ ބައެއް މީހުންނަކީ ކޮން ބައެއްކަން ދެނެނުގަނެވޭ ވަރަށް ފިހިފައި ވާތީވެ، އެމީހުންގެ އައިޑެންޓިޓީ ދެނެގަތުމަށް އަދިވެސް ދުވަސްތަކެއް ނަގާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%