މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
އެ އެއާލައިނުން ރާއްޖެއަށް މިހާރުވެސް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް، މި އަހަރުގެ ޖުލައި 4 ން ފެށިގެން ސެޕްޓެންބަރު 13 ގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހަފުތާގެ ބުދަ ދުވަހާއި ހޮނިހިރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުތަކާ އެކު، ހޫނު މޫސުމުގެ ތެރޭގައި އެ އެއާލައިނުން ރާއްޖެއަށް އިތުރު 21 ދަތުރު ކުރާނެ އެވެ.
ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިންކަމަށްވާ އެޑެލްވައިސް އެއާއިން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000 ވަނަ އަހަރު އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 25 އަހަރު ފުރުނީ ދިޔަ އަހަރެވެ.
ހޫނު މޫސުމަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ބޮޑުތަނުން އިތުރުވާ ދުވަސްވަރެކެވެ. ދަތުރުތައް އިތުރުކުރުމަށް ނިންމި މި ނިންމުމަކީ، ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ ސްވިސް ފަތުރުވެރިންނަށް ލިބިގެންދާ ފަހި ފުރުސަތެއްކަން ޔަގީނެވެ.









