މަދޫރޯގެ މުދާތައް ސްވިޒަލޭންޑުން ފްރީޒް ކޮށްފި

ހުސައިން އިސްމާއިލް | 19 ދުވަސް ކުރިން - 5 ޖެނުއަރީ 2026 18:51
ކުއްލި ޚަބަރު: މަދޫރޯގެ މުދާ ތައް ފްރީޒް ކޮށްފި
ކުއްލި ޚަބަރު: މަދޫރޯގެ މުދާ ތައް ފްރީޒް ކޮށްފި
ޚުލާސާ

މަދޫރޯ އާއި ދެކޮޅަށް ކުށް ސާބިތުވެއްޖެނަމަ އެ މުދާތައް އޭގެ ހައްގުވެރިން ކަމަށްވާ ވެނެޒުއެލާގެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ހެދޭނެ ކަމަށް ސުވިޒަލޭންޑުން ބުނޭ

އެމެރިކާ އިން ހައްޔަރު ކޮށްފައިވާ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި ގުޅުން ހުރި މުދާތައް ސްވިޒަލޭންޑުން ފްރީޒް ކޮށްފިއެވެ.

ސްވިސް ފެޑެރަލް ކައުންސިލުން ބުނީ މަދޫރޯ އާއި އަދި އޭނާއާއި ގާތް ގުޅުން އޮންނަ ފަރާތްތަކުގެ މުދާތައް ފްރީޒް ކުރަން ނިންމީ ގާނޫނީ އިޖުރާއަތްތައް ކުރިއަށްދާންދެން އެސެޓްތައް ރައްކާތެރިކުރުމުގެ މަގުސަދުގައެވެ.

އަދި މަދޫރޯ އާއި ދެކޮޅަށް ކުށް ސާބިތުވެއްޖެނަމަ އެ މުދާތައް އޭގެ ހައްގުވެރިން ކަމަށްވާ ވެނެޒުއެލާގެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ހެދޭނެ ކަމަށް ވެސް ސުވިޒަލޭންޑުން ބުންޏެވެ.

މަދޫރޯ މިވަގުތު ހުންނެވީ އެމެރިކާގެ ފެޑެރަލް ކޯޓުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%