Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

އައިޝަތު ރުވާ ރިފްޢަތު
48 ދުވަސް ކުރިން - 13 ޖޫން 2026 14:50
ރަސްމާލޭގައި ހިއްކާފައިވާ ސަރަހައްދު. / ފޮޓޯ: ރައީސް އޮފީސް
ރަސްމާލޭގައި ހިއްކާފައިވާ ސަރަހައްދު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މުއްދަތު ހަމަވާނީ ހޯމަ ދުވަހުގެ 23:59 އަށް. މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ. ރަސްމާލެ މަޝްރޫއުން ޖުމްލަ 25,000 ގޯތި ދޫކުރުމަށް އަމާޒު ހިފާފައިވާއިރު، ފުރަތަމަ ބުރުގައި 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ.

ސަރުކާރުން މާލެ ސަރަޙައްދުގައި ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތަކަށް ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާން ބާކީ އޮތީ އެންމެ ދެދުވަސް ކަމަށާއި، މީގެ ފަހުން އިތުރަށް މުއްދަތު އިތުރުކޮށްނުދޭނެ ކަމަށް ކަމާބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުޅުވާލާފައިވާ މި ފުރުސަތު އަންނަ ހޯމަ ދުވަހުގެ (15 ޖޫން 2026) ރޭގަނޑު 23:59 އަށް ހަމަވާނެއެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 އަށް އިތުރުކޮށްދިނުމަށް ސަރުކާރުން ނިންމެވީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. މި ނިންމުން ނިންމާފައިވަނީ ޢީދު ބަންދާ ގުޅިގެން ގިނަ ރައްޔިތުން ރަށުން ބޭރުގައި އުޅެންޖެހުމުން، ލިޔެކިއުންތައް ހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަމަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

Advertisement

Advertisement 1
  1. މާލޭގެ ރަށްވެހިންނަށް: 4,000 ފްލެޓް
  2. މާލޭގައި ދިރިއުޅޭ، ނަމަވެސް ރަށްވެހިވެފައި ނުވާ ފަރާތްތަކަށް: 1,500 ފްލެޓް
  3. ހާއްސަ ކެޓަގަރީތަކަށް: 2,400 ފްލެޓް

މީގެ އިތުރުން، ރައީސް ޑރ. މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ފަށްޓަވާފައިވާ ރަސްމާލެ މަޝްރޫއުން ޖުމްލަ 25,000 ގޯތި ދޫކުރުމަށް އަމާޒު ހިފާފައިވާއިރު، ފުރަތަމަ ބުރުގައި 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރު މުއްދަތު އިތުރުކޮށްދީފައިވާ މުހިންމު ކެޓަގަރީތަކުގެ ތެރޭގައި ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ ހިމެނެއެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކަށާއި، ފްލެޓް ދޫކޮށްލުމަށްފަހު ގޯއްޗަށް އެދޭ ފަރާތްތަކަށްވެސް މި ފުރުސަތު އޮންނާނެއެވެ.

މިނިސްޓްރީން ވަނީ މި އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި ހުރިހާ ފަރާތްތަކުންވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ. މި މަޝްރޫޢުތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 860-4004 އިން ފެށިގެން 865-4004 އާ ދެމެދުގެ ނަންބަރުތަކަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

އެންމެނަށް ބޯހިޔާވަހިކަން ސްކީމްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދޮޅުއަހަރުތެރޭ ސްމާޓް އައިޑީކާޑު ބޭނުންކުރަން ފަށާނެ

ދޮޅުއަހަރުތެރޭ ސްމާޓް އައިޑީކާޑު ބޭނުންކުރަން ފަށާނެ

29 މިނެޓު ކުރިން - 07:19

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

1 ދުވަސް ކުރިން - 11:07

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

1 ދުވަސް ކުރިން - 09:54

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައި ވެސް މަސައްކަތް ކުރިން، ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުރަސްއަޅާފަ: ރައީސް

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައިވެސް މަސައްކަތް ކުރިން: ރައީސް

1 ދުވަސް ކުރިން - 09:10

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށް ވުން އެކަށީގެންވޭ: ރައީސް

މާލޭގެ މަގުތައް ހެދުމަކީ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށްވުން އެކަށީގެންވޭ: ރައީސް

2 ދުވަސް ކުރިން - 01:33

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 15:06