Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

އައިޝަތު ރުވާ ރިފްޢަތު
99 ދުވަސް ކުރިން - 12 ޖޫން 2026 13:05
މައްކާއާއި މަދީނާގެ މާތް ބިން.
މައްކާއާއި މަދީނާގެ މާތް ބިން.
ޚުލާސާ

ހިޖުރައިގެ އަސްލު މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮ މަގަށް ރުޖޫއަވުންކަން ބަޔާންކޮށް، ދީނަށްޓަކައި މުދަލާއި އާއިލާ ގުރުބާންކުރުމުގެ މުހިންމުކަން ފާހަގަކުރިއެވޭ. އަދި ކަންކަން ފުރިހަމައަށް ރޭވުމާއެކު މާތް ﷲ އަށް ވަކީލުކޮށް، ދަތި އުނދަގޫ ވަގުތުތަކުގައިވެސް އީމާންކަންމަތީ ސާބިތުވެ ތިބުމަށް ގޮވާލާފައިވޭ.

މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ އަސްހާބުން މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ޒިކުރާއަށެވެ. މި ހުތުބާގައި ހިޖުރައިގެ މާނައާއި، އެ ދަތުރުފުޅުން ލިބޭ އަގުހުރި ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި ހިޖުރައިގެ މާނައަކީ ހަމައެކަނި އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމެއް ނޫނެވެ. އޭގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް، މާތް ﷲ ރުހިވޮޑިނުގަންނަވާ ކަންކަމުން އެއްކިބާވެ، ހެޔޮކަމުގެ މަގަށް ރުޖޫއަވުމެވެ. ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، އެންމެ މާތް ހިޖުރައަކީ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުން ކަމުގައެވެ.

ދީނަށްޓަކައި ވީ މަތިވެރި ގުރުބާނީހިޖުރައިގެ ދަތުރުފުޅަކީ ދީނަށްޓަކައި ވީ ބޮޑު ގުރުބާނީއެކެވެ. ރަސޫލާ ﷺ އެކަލޭގެފާނު އެންމެ ލޯބިފުޅުވި އުފަން ބިން ކަމަށްވާ މައްކާ ދޫކުރައްވައި ނުކުމެވަޑައިގަތީ އިސްލާމްދީނުގެ ދިފާއުގައެވެ. ހަމައެފަދައިން، އުންމު ސަލަމާއާއި އަބޫ ސަލަމާގެ އާއިލާ ވަކިވެދިޔަ ދިއުމާއި، ސުހައިބުއްރޫމީ އެކަލޭގެފާނުގެ މުޅި މުދާ ދޫކޮށްލައްވައި ކުރެއްވި ހިޖުރައަކީ މިއަދުގެ މުސްލިމުންނަށް ހުރި ނަމޫނާ ގުރުބާނީތަކެއްކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.

Advertisement

Advertisement 1

ރޭވުންތެރިކަމާއި ވަކީލުކުރުންކަމެއް ކާމިޔާބުކުރުމަށްޓަކައި ފުރިހަމައަށް ރޭވުމާއި ވަސީލަތްތަކުގެ ބޭނުންހިފުމުގެ މުހިންމުކަން ހިޖުރައިން ފެންނަން އެބައޮތެވެ. އަބޫބަކުރުގެފާނު ހަތަރު މަސް ކުރިން ސަވާރީ ތައްޔާރުކުރެއްވުމާއި، އަލީގެފާނު ރަސޫލާ ﷺ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރުބަދައަށް އަރުއްވައި ފަރިއްކޮޅު އެރުވުމަކީ ފުރިހަމަ ރޭވުންތެރިކަމުގެ މިސާލުތަކެވެ. މިއީ ހަމައެކަނި ދުއާކޮށްލައިގެން ތިބުމުގެ ބަދަލުގައި، މަސައްކަތްކުރުމާއެކު ﷲ އަށް ވަކީލުކުރުންކަން ހުތުބާގައި ބަޔާންކުރެއްވިއެވެ.

އީމާންކަމުގެ ސާބިތުކަންދަތި އުނދަގޫ ވަގުތުގައި ޘާބިތުވެ ހުރުމުގެ ފިލާވަޅު ވެސް ހިޖުރައިން ލިބިދެއެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި ހިނދު، ދެކަލުން ފެނިދާނެތީ އަބޫބަކުރުގެފާނު ކަންބޮޑުވެވަޑައިގަތުމުން "ތިންވަނަ ފަރާތެއްގެ ގޮތުގައި ﷲ ވޮޑިގެންވެއޭ" ވިދާޅުވެ ރަސޫލާ ﷺ ދެއްވި ޔަގީންކަމަކީ ކޮންމެ މުއުމިނަކުވެސް ދަސްކުރަންޖެހޭ ފިލާވަޅެކެވެ.

ހުތުބާ ނިންމަވާލައްވަމުން ވަނީ، ހިޖުރައިގެ މި މަތިވެރި ހާދިޘާއަކީ އިސްލާމީ ދައުލަތުގެ ބިންގާ އެޅުނު ތާރީހީ ބަދަލުކަން ފާހަގަކޮށް، ނުބައިކަންތައްތައް ދޫކޮށް މާތް ﷲ އާއި އެކަލާނގެ ރަސޫލާ ދެއްކެވި ތެދުމަގަށް ހިޖުރަކޮށް، އެ މަގުގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ގޮވާލައްވާފައެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވެ، ދަރަނިންނާއި ރިބާއިން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

1 ދުވަސް ކުރިން - 13:00

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

8 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

15 ދުވަސް ކުރިން - 12:54

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

29 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

36 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

43 ދުވަސް ކުރިން - 13:00