Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 8 ޖޫން 2026 17:31
މާފިލާފުއްޓަށް ފުރަން ދަތުރަށް ފުރުމުގެ ކުރިން---
މާފިލާފުއްޓަށް ފުރަން ދަތުރަށް ފުރުމުގެ ކުރިން---
ޚުލާސާ

މި ބުރުގައި ޖުމްލަ 1785 ޒުވާނުން ކުރިމަތިލާފައިވޭ. މި ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން، 115 ރަށަކަށް ނިސްބަތްވާ ޒުވާނުން ހިމެނޭ. އޭގެ ތެރޭގައި ހިމެނެނީ 64 އަންހެން ބައިވެރިންނާއި 288 ފިރިހެން ބައިވެރިން.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި ޒުވާނުންގެ ތެރެއިން، ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ ތިންވަނަ ބެޗުގެ ތަމްރީނުތަކުގައި ބައިވެރިވާ 352 ޒުވާނުން މިއަދު ތަމްރީނަށް ފުރައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ޖުމްލަ 1785 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. މީގެ ތެރެއިން މިހާރު ފުރާފައިވަނީ ފުރަތަމަ 352 ބައިވެރިން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތަކަށް ވުމާއި، ދީނީ ތަރުބިއްޔަތާއި އަހްލާގުގެ އިތުރުން ލީޑަރޝިޕް އަދި ހަށިހެޔޮކަމުގެ ދާއިރާއިން ބައިވެރިން ތަމްރީނު ކުރެވޭނެއެވެ. މީގެ އިތުރުން އާންމު ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއެއްގެ ހުނަރުތައް މި ޒުވާނުންނަށް ދަސްކޮށްދެވޭނެއެވެ.

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ މި ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން، 115 ރަށަކަށް ނިސްބަތްވާ ޒުވާނުން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 އަންހެން ބައިވެރިންނާއި 288 ފިރިހެން ބައިވެރިންނެވެ.

ސަރުކާރުން ހާމަކުރައްވާ ގޮތުގައި، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުންނާއި ރޫހާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި ދިވެހި ވަތަނީ ހިދުމަތުގެ މި ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސްއެމްއެންޑީއެފްރައީސް ޑރ. މުހައްމަދު މުއިއްޒުޅ. މާފިލާފުށި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

17 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

1 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

1 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38