Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މައުލޫމާތު ހާމަކުރުމުގައި 100 އިންސައްތަ ކާމިޔާބީއެއް ހޯދުމަކީ ދެފުށް ފެންނަ ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

މައުލޫމާތު ހާމަކުރުމުގައި 100 އިންސައްތަ ކާމިޔާބީއެއް ހޯދުމަކީ ދެފުށް ފެންނަ ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު
11 ގަޑިއިރު ކުރިން - 8 ޖޫން 2026 11:43
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މީގެ ކުރިން ނުލިބޭ މައުލޫމާތުތައް މިހާރު އާންމުކޮށްފައިވާ ކަމަށާއި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތަށް ވާސިލުވުން އިތުރަށް ފަހިކޮށްދެއްވައި، ދައުލަތުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ޒިންމާދާރުކަން އިތުރުކުރައްވާނެ ކަމަށް.

ދިވެހިރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހުރިހާ ވުޒާރާތަކަކުން މަޢުލޫމާތު ހާމަކުރުމުގައި 100 އިންސައްތަ ކާމިޔާބީ ހޯދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2014 ވަނަ އަހަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ވުޖޫދުވި ފަހުން، ސަރުކާރުގެ ހުރިހާ އިދާރާތަކަކުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ކުރިން އާންމުންނަށް ލިބުން ދަތިވެފައިވާ ގިނަ މައުލޫމާތުތަކެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ހަމައެކަނި ސިޔާސަތެއް ނޫނެވެ. ނަމަވެސް އެއީ މި ސަރުކާރުން ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށްޓަކައި ގެންގުޅޭ އެންމެ މުހިންމު އެއް ތަނބެވެ. މިއީ ސަރުކާރުގެ ޒިންމާދާރުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1
"މި ކާމިޔާބީއަކީ ހުޅުވާލެވިފައިވާ، ޖަވާބުދާރީވާ، އަދި ރައްޔިތުން މަރުކަޒުކޮށްގެން ހިންގާ ސަރުކާރެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެއްކެއް،"
ރައީސް ޑރ. މުހައްމަދު މުއިއްޒު

މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރި ހުރިހާ މުއައްސަސާތަކަކަށާއި ސަރުކާރުގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ސަރުކާރުގެ ނިންމުންތަކުގައާއި ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، މަޢުލޫމާތު ހޯދުމުގެ ފުރުސަތު ފުޅާކުރުމަށް ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާރުޓީއައިރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

5 ގަޑިއިރު ކުރިން - 17:31

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

7 ގަޑިއިރު ކުރިން - 15:01

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

10 ގަޑިއިރު ކުރިން - 11:49

ކަނޑުތައް ހޫނުވެ ފަރުތައް ހުދުވަމުންދާތީ، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

ކަނޑުތައް ހޫނުވެ ފަރުތައް ހުދުވަމުންދާތީ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

14 ގަޑިއިރު ކުރިން - 08:49

ފ. ދަރަނބޫދޫގެ އާ ފުޓްސަލް ދަނޑު ފަސްޓް ލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި

ފ. ދަރަނބޫދޫގެ އާ ފުޓްސަލް ދަނޑު ފަސްޓް ލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި

1 ދުވަސް ކުރިން - 19:58

ރެކޯޑަކަށްފަހު ރެކޯޑެއް! މިފަހަރު ސަރުކާރުން ރެކޯޑު މިހެދީ ހުރިހާ އާރުޓީއަކަށް 100 އިންސައްތަ ޖަވާބުދީގެން

ރެކޯޑަކަށްފަހު ރެކޯޑެއް! މިފަހަރު ސަރުކާރުން ރެކޯޑު މިހެދީ ހުރިހާ އާރުޓީއަކަށް ޖަވާބުދީގެން

1 ދުވަސް ކުރިން - 19:33