ލުބުނާނާއި ޣައްޒާ އަށް ހުއްޓުމެއްނެތި ޔަހޫދީން ޙަމަލާދޭ މައްސަލައިގައި އީރާނުން ރޭ އިޒުރޭލަށް ދިން ވަރުގަދަ މިސައިލް ޙަމަލާގެ ރައްދު ވަގުތުން ދިނުމަށް އިޒުރޭލު ޖެހިލުންވެ، އެންމެ ފަހުން އެމެރިކާ އާއި މަޝްވަރާ ކުރުމަށް ފަހު 8 ގަޑިއިރު ފަހުން އީރާނަށް ރައްދު ޙަމަލާ ދީފިއެވެ.
އީރާނުން އިޒުރޭލަށް ޙަމަލާ ދިނީ ރޭ އިޒުރޭލުގެ ގަޑިން 10:30 ހާއިރުއެވެ. މިއީ އޭޕްރީލް މަހު ހަނގުރާމަ ހުއްޓާލުމަށް ފަހު އިސްރާއީލަށް ސީދާ އީރާނުން ދިން ފުރަތަމަ ހަމަލާއެވެ. އިސްރާއީލުން ބުނަނީ ތިމަންނާމެން ވާނީ ގިނަ މިސައިލްތައް ހުއްޓުވާފައެވެ. ތަފްޞީލެއް ނުދެއެވެ. އަދި ވަގުތުން ރައްދު ޙަމަލާ ދިނުމަށް އިސްރާއީލު ޖެހިލުން ވިއެވެ.
ރައްދު ޙަމަލާ ދިނުމަށް އިސްރާއީލަށް ކެރުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މަޝްވަރާ ކުރުމަށް ފަހު “ފެހި ސިގްނަލް” ލިބުމުންނެވެ.
ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކިބައިން ޓްރަމްޕް އެދުނީ ވަގުތުން ބަދަލު ނުހިފުމަށެވެ. އެހެންނަމަވެސް ފަހުން އިސްރާއީލުން ވަނީ އީރާނުގެ އެތެރޭގައި ހުރި އަމާޒުތަކަށް ހަމަލާތަކެއް ދީފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އީރާނުގެ ހުޅަނގާއި މެދުތެރޭގެ އަސްކަރީ ތަންތަނަށް ޙަމަލާ ދިން ކަމަށް ބުނެފައެވެ. އޭގެތެރޭގައި ތެހެރާން، ކަރާޖް، އިސްފާހާން، ތަބްރީޒް އަދި ކަރމަންޝާހަށް ޙަމަލާ ދިން ކަމަށް އައިޑީއެފުން ބުނެއެވެ.
ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ޔަމަނުގެ ހޫޡީން ވެސް މިހާރު ދަނީ އީރާނާއި ބައިވެރިވެ އިޒުރޭލަށް ޙަމަލާ ދެމުންނެވެ.









