Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

ހުސައިން އިސްމާއިލް
51 ދުވަސް ކުރިން - 8 ޖޫން 2026 02:45
އީރާނުން އިސްރާއީލުގެ ވައިގެ ސިފައިންގެ މަރުކަޒަށް ޙަމަލާ ދީފި
އީރާނުން އިސްރާއީލުގެ ވައިގެ ސިފައިންގެ މަރުކަޒަށް ޙަމަލާ ދީފި
ޚުލާސާ

މިރޭގެ މިސައިލް ހަމަލާ އާއި ގުޅިގެން އީރާނާއި އިސްރާއީލާއި ހިޒްބުالله އަދި އެހެނިހެން ފަރާތްތައް ބައިވެރިވާ ފުޅާ ސަރަހައްދީ ހަނގުރާމައެއް އަލުން ފެށިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ. ޓްރަމްޕް ވަނީ މަޝްވަރާ އަށް އީރާނަށް ގޮވާލާފަ.

އީރާނުން މިރޭ އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފިއެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)އިން ބުނީ ބެލިސްޓިކް މިސައިލްތަކުން އިސްރާއީލުގެ ވައިގެ ސިފައިންގެ މަރުކަޒަށް ޙަމަލާ ދީފައިވާ ކަމަށެވެ.

މަސްދަރުތައް ބުނާ ގޮތުގައި އީރާނުން ވަނީ އިސްރާއީލުގެ އުތުރުގެ ހައިފާ ސިޓީއާ ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮންނަ ރަމަތު ޑޭވިޑް އެއާ ބޭސްއަށް ބެލިސްޓިކް މިސައިލުން ހަމަލާ ދީފައެވެ.

Advertisement

Advertisement 1

އިސްރާއީލުގެ ވައިގެ މަރުކަޒަކީ ލުބުނާނުގެ ދެކުނާއި ބެއިރޫތުގެ ދެކުނު ސަބަރބްތަކާ ދެކޮޅަށް ފެށި “އުދުވާނީ ހަމަލާތަކުގެ މަސްދަރު” ކަމަށް ވެއެވެ. އީރާނުން ވަނީ ލުބުނާނުގައިވާ ހިޒްބުاللهގެ މައި ހަބުތަކަށް ޙަމަލާ ދޭނަމަ އިޒުރޭލު ނަރަކަޔަކަށް ހަދާލާނެ ކަމަށް ބުނެ މީގެކުރިން އިންޒާރު ވެސް ދީފައެވެ.

އީރާނުބް މިރޭ ބުނީ މި ހަމަލާއަކީ ހިޒްބުالله އާއި ގުޅުން ހުރި ސަރަހައްދުތައް ހިމެނޭ ގޮތަށް ބެއިރޫތުގެ ދެކުނަށް އަމާޒުކޮށްގެން އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ހަމަލާއެއް ކަމަށެވެ.

އިސްރާއީލުން ލުބުނާނުގައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނަމަ އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިންޒާރު ދީފައިވެ އެވެ. އަދި ހަމަނުޖެހުން ފުޅާވެއްޖެނަމަ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މުދާތައް އަމާޒަކަށް ވެދާނެ ކަމުގެ އިންޒާރު ވެސް އީރާނުގެ އޮފިޝަލުން ވަނީ ދީފަ އެވެ.

މިރޭގެ މިސައިލް ހަމަލާ އާއި ގުޅިގެން އީރާނާއި އިސްރާއީލާއި ހިޒްބުالله އަދި އެހެނިހެން ފަރާތްތައް ބައިވެރިވާ ފުޅާ ސަރަހައްދީ ހަނގުރާމައެއް އަލުން ފެށިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނުން ވަނީ މިހަމަލާއަކީ ސީރިއަސް ހަމަލާއެއް ކަމަށް ސިފަކުރައްވައި، އީރާނަށް ހަމަލާ ދޭނެ ކަމުގެ އިޝާރާތެއް ދީފައެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާ އަށް އީރާނަށް ގޮވާލާފައެވެ.

އީރާންއިސްރާއީލް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން 350 މަދަނީ މުވައްޒަފުން މަރުވެ، ބޫޝެހްރު އެއާޕޯޓު ބަންދުކޮށްފި

އީރާނަށުން 350 މަދަނީ މުވައްޒަފުން މަރުވެ، ބޫޝެހްރު އެއާޕޯޓު ބަންދުކޮށްފި

15 ގަޑިއިރު ކުރިން - 13:11

މަމްދާނީ އަށް ގޮންޖަހާލައި، އދ. ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

16 ގަޑިއިރު ކުރިން - 12:57

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

1 ދުވަސް ކުރިން - 02:21

ބޮން އެޅުން ހުއްޓާލީ ކީއްވެ؟ އެމެރިކާގެ މިސައިލްތައް ހުސްވަނީތަ؟

ބޮން އެޅުން ހުއްޓާލީ ކީއްވެ؟ އެމެރިކާގެ މިސައިލްތައް ހުސްވަނީތަ؟

1 ދުވަސް ކުރިން - 17:05

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

4 ދުވަސް ކުރިން - 16:04

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

7 ދުވަސް ކުރިން - 13:45