Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރެކޯޑަކަށްފަހު ރެކޯޑެއް! މިފަހަރު ސަރުކާރުން ރެކޯޑު މިހެދީ ހުރިހާ އާރުޓީއަކަށް 100 އިންސައްތަ ޖަވާބުދީގެން

ރެކޯޑަކަށްފަހު ރެކޯޑެއް! މިފަހަރު ސަރުކާރުން ރެކޯޑު މިހެދީ ހުރިހާ އާރުޓީއަކަށް 100 އިންސައްތަ ޖަވާބުދީގެން

އައިޝަތު ރުވާ ރިފްޢަތު
48 ދުވަސް ކުރިން - 7 ޖޫން 2026 19:33
ރައީސް އޮފީހުގައި ކެބިނެޓް މީޓިންއެއް ކުރިއަށްދަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ކެބިނެޓް މީޓިންއެއް ކުރިއަށްދަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ ރާއްޖޭގެ ތާރީހުގައި މިފަދަ ކާމިޔާބީއެއް ހާސިލުކުރި ފުރަތަމަ ފަހަރު. މީގެ ކުރިން 34 އިންސައްތައިގައި އޮތް މި ރޭޓް މަތިވުމަކީ ދެފުށް ފެންނަ، ޖަވާބުދާރީވާ ސަރުކާރެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މިއީ ކޮރަޕްޝަންގެ ފުރުސަތުތައް ހަނިކޮށް، ސަރުކާރަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެފުށް ފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތާރީހީ ކާމިޔާބީއެއް މިއަދު ހާސިލުކޮށްފިއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމަށް އޮންނަ ޝަރުތުތައް، ރައީސް އޮފީހާއި ހުރިހާ މިނިސްޓްރީތަކަކުން 100 އިންސައްތަ ފުރިހަމަކޮށްފިއެވެ.

ރާއްޖޭގައި އާރުޓީއައި ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ސަރުކާރުގެ އެންމެ މަތީ ފަންތީގެ ހުރިހާ އިދާރާތަކަކުން ގާނޫނީ ޒިންމާތައް މި ފެންވަރަށް ފުރިހަމަކުރި މިއީ ފުރަތަމަ ފަހަރެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މިނިސްޓްރީތަކުން މައުލޫމާތު ހާމަކުރަމުންދިޔަ އެވްރެޖް ރޭޓަކީ އެންމެ 34 އިންސައްތައެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ގެނެވުނު ހެޔޮ ބަދަލާއެކު، ފިނޭންސް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ ހިމެނޭހެން ހުރިހާ މިނިސްޓްރީއަކުންނާއި ރައީސް އޮފީހުން ވަނީ މިހާރު 100 އިންސައްތަ މާކްސް ހޯދާފައެވެ. މިއީ ހަމައެކަނި އިދާރީ މަސައްކަތެއް ނޫން ކަމަށާއި، މިއީ ސިއްރުވެރިކަމުގެ ސަގާފަތް ދޫކޮށް، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ އާ ސަގާފަތެއްގެ ފެށުން ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

Advertisement

Advertisement 1

މި ކާމިޔާބީއާއެކު، ދައުލަތުގެ ބަޖެޓާއި، ސިޔާސަތުތަކާއި، ހިނގަމުންދާ މަޝްރޫއުތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް އެއްވެސް ހުރަހަކާ ނުލައި ރައްޔިތުންނަށް މިހާރު ފަސޭހައިން ލިބޭނެއެވެ. މިއީ މީގެ ކުރީގެ ސަރުކާރުތަކުން ވެފައިވާ ވައުދުތަކާ ހިލާފަށް، އަމަލީ ގޮތުން ދެއްކި ނަތީޖާއެކެވެ. މީގެ ކުރިން މައުލޫމާތު ހޯދުމަކީ ރައްޔިތުންނަށް އޮތް ހައްގަކަށްވުރެ ބޮޑަށް، ދައުލަތުން ދޭ އިނާޔަތެއްގެ ގޮތުގައި އޮތް އޮތުން މިވަނީ ނިމުމަކަށް ގެނެސްފައެވެ.

ސަރުކާރުގެ ދެން އޮތް އަމާޒަކީ މި ފެންވަރު ދެމެހެއްޓުމާއެކު، ވުޒާރާތަކުގެ ދަށުން ހިނގާ އެހެނިހެން މުއައްސަސާތަކުންވެސް 100 އިންސައްތަ ކޮމްޕްލަޔަންސް ހާސިލުކުރުމެވެ.

މި ތާރީހީ ބަދަލަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ކޮރަޕްޝަންގެ ފުރުސަތުތައް ހަނިކޮށް، ސަރުކާރަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާރުޓީއައި
Advertisement
Advertisement

1 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ސައްތައްތަ

48 ދުވަސް ކުރިން - 20:07

ދެން ކީކޭބާ ޔާމީން ބުނާނީ؟ ދެން ކީކޭބާ އެމްޑީޕީން ބުނާނީ.

ޙަސަން

48 ދުވަސް ކުރިން - 19:43

ތިޔަ ސުރުހީ އަކާ ލިޔެފައޮތް އެއްޗަކާ ދިމައެއް ނުވޭ. ވާނުވާގައި

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

11 މިނެޓު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

40 މިނެޓު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

1 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

1 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

2 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

18 ގަޑިއިރު ކުރިން - 20:04