Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

އައިޝަތު ރުވާ ރިފްޢަތު
23 ގަޑިއިރު ކުރިން - 6 ޖޫން 2026 23:26
ޕީއެންސީގެ ޗެއާޕާސަން ޒުވާނުންތަކާ ސަލާމްކުރައްވަނީ---
ޕީއެންސީގެ ޗެއާޕާސަން ޒުވާނުންތަކާ ސަލާމްކުރައްވަނީ---
ޚުލާސާ

ޕީއެންސީގެ ކެނޑިޑޭޓް ސޮޑާއަށް ވޯޓްދެއްވި އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިހުލާސްތެރިކަމާއެކު އަބްދުއްރަހީމް ވަނީ ޝުކުރު ދަންނަވާފަ. މިއަދުގެ ނަތީޖާއިން ހިތްވަރު ލިބިގެން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ތިއްބެވީ ވަރަށް ވަރުގަދަ އަމާޒެއްގައި ކަމަށްވެސް އޭނާ ވިދާޅުވި.

އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށްފަހު، ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ކެމްޕެއިން ޓީމަށާއި ކެނޑިޑޭޓަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މި އިންތިހާބާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ ކެނޑިޑޭޓް އަހްމަދު ސައީދު (ސޮޑާ) އަށް ވޯޓްދެއްވި އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި އަހްމަދު ސައީދު ކުރެއްވި ބުރަ މަސައްކަތާއި ދެއްކެވި ހިތްވަރަށް ސާބަސް ދެއްވަމުން، ކެމްޕެއިން ޓީމުން ކުރެއްވީ ތަޢުރީފު ހައްގު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއަދުގެ ނަތީޖާއިން ހިތްވަރު ލިބިގެން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ތިއްބެވީ ވަރަށް ވަރުގަދަ އަމާޒެއްގައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އަދި ކުރީގެ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތުންނެވެ. ސޯބެއަށް 1375 ވޯޓު ލިބިވަޑައިގެންނެވި އިރު، ސޮޑާއަށް ލިބިވަޑައިގަތީ 1313 ވޯޓެވެ.

މި އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ވަކިވަކި ފޮށިތަކުން ޕީއެންސީ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ޕީއެންސީން 4 ފޮށީގެ މެޖޯރިޓީ ނެގިއިރު، އެމްޑީޕީއަށް ނެގުނީ 3 ފޮށީގެ މެޖޯރިޓީއެވެ. ހާއްސަކޮށް ހިތަދޫގައި ބެހެއްޓުނު ފޮށިތަކަކުން ކުރި ހޯއްދެވީ ސޮޑާއެވެ. ނަމަވެސް ސޯބެއަށް އިންތިހާބު ކާމިޔާބުވީ މާލޭގައި ބެހެއްޓުނު ވޯޓު ފޮށިތަކުން ލިބުނު ނަތީޖާއާ އެކުގައެވެ.

މަޖިލިސް ރައީސް އަބްދުލް ރަހީމް އަބްދުﷲޕީއެންސީހިތަދޫ އުތުރު ދާއިރާއަހްމަދު ސައީދު (ސޮޑާ)އަބްދުﷲ ސޯދިގު (ސޯބެ)
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

12 ގަޑިއިރު ކުރިން - 10:48

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

1 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

1 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

2 ދުވަސް ކުރިން - 12:12

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

7 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

7 ދުވަސް ކުރިން - 00:50