އަލްބޭނިއާގެ ވެރިރަށާއި ކައިރީގައި އޮންނަ ސަޒާން އައިލެންޑް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަންހެން ދަރީގެ ފިރިމީހާ ކަމަށްވާ ޖޭރެޑް ކުޝްނާގެ އެފިނިޓީ ފާމް އަށް ވިއްކާލުމަށް އެޕްރޫވް ކުރުމާއި ގުޅިގެން މި މަޝްރޫއު ހުއްޓުވުމަށް އަލްބޭނިއާގައި ބޮޑެތި މުޒާހަރާތައް ކުރަމުން އެބަ ދެއެވެ މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ "އަލްބޭނިއާ ވިއްކާކަށް ނުޖެހޭ" ކަމަށެވެ. ޓްރަމްޕުގެ އާއިލާ އަށް ސަޒާން އައިލެންޑް ވިއްކާލަން އަލްބޭނިއާ ސަރުކާރުން ނިންމާފައިވާތީ ކުރަމުންދާ މުޒާހަރާ ދަނީ ފުޅާ ވަނުންނެވެ. އެ މީހުން ބުނަނީ ދެވަނަ ފަލަސްތީނަށް އަލްބޭނިއާ ހަދަން ބޭނުން ނުވާ ކަމަށެވެ.

އެޑްރިއޭޓިކް ކަނޑުގައި ކުރީގެ އަސްކަރީ ޒޯނެއް ކަމަށްވާ ސަޒާން އައިލެންޑްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 560 ހެކްޓަރެވެ.

އެމެރިކާގެ ކުންފުނިން އެތަން ނަގަނީ ލަގްޒަރީ ރިސޯޓް ހިންގާށެވެ.