ފަލަސްތީނުގައި ކޮންމެހެން ބޭނުންވާ ބޭހާއި ސިއްހީ ސާމާނު ވަރަށް ބޮޑަށް މަދުވުމުން އެތައް ހާސް ބަލިމީހުންނަށް މިހާރު ނުރައްކާތެރިކަން ކުރިމަތިވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ފަލަސްތީނަށް ބޭސް ފޯރުކޮށްދިނުމަށް ދަތިވަނީ އިސްރާއީލުން އަޅާފައިވާ ހުރަސް ތަކުގެ ސަބަބުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޮންމެހެން ބޭނުންވާ ބޭހުގެ ދަފްތަރުގައި ލިސްޓްކޮށްފައިވާ ބޭހުގެ ތިންބައިކުޅަ އެއްބައި އަށް ވުރެ ގިނަ ބޭސް މުޅިން ހުސްވެފައިވާއިރު، ކެންސަރު ބަލިމީހުންގެ 4،000 އަށް ވުރެ ގިނަ މީހުންގެ ފުރާނައަށް ސީދާ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށާއި، ގަވާއިދުން ފަރުވާއަށް ބަރޯސާވާ އެތައް ހާސް ކިޑްނީ ޑައިލިސިސް ބަލިމީހުންގެ ފުރާނައަށް ވެސް ނުރައްކާވެފައިވާ ކަމަށެވެ.
ބައިނަލްއަގްވާމީ އެހީދޭ ފަރާތްތަކަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކުން ޣައްޒާއަށް މަދުވެގެން 100 މިލިއަން ޑޮލަރުގެ ބޭސް ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.









