ޣައްޒާގެ ރެސިޑެންޝަލް އެޕާޓްމަންޓްތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އަށް މީހަކު ޝަހީދުވެއްޖެ ކަމަށް އަލްޝިފާ ހޮސްޕިޓަލުގެ މެޑިކަލް މަސްދަރުތަކުން ބުނެފިއެވެ.
ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވީ ހަޅުތާލުތަކުގައި ޝަހީދުވި މީހުންގެ އަދަދު 8 އަށް އަރާފައިވާއިރު، އެ ހަމަލާގައި ގިނަ ބަޔަކު ޒަހަމް ވެފައިވާ ކަމަށެވެ.
އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ވަނީ އެ ސަރަހައްދުގައިވާ އެންމެ އާބާދީ ބޮޑު އެއް ރެފިއުޖީ ކޭމްޕް ކަމަށްވާ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްޝާތީ ރެފިއުޖީ ކޭމްޕަށް ވެސް ވަކިން ވައިގެ ހަމަލާއެއް ދީފަ އެވެ.
ޣައްޒާގެ ހުރިހާ ހިސާބެއްގައި ހަނގުރާމަތައް ކުރިއަށްދާއިރު، ބައިނަލްއަޤްވާމީ ފަރާތްތަކުން ހަނގުރާމަ ހުއްޓާލުމަށް ދަނީ ގޮވަމުންނެވެ.









