އީރާނުން ރޭ ކުވެއިތަށް ދިން ޙަމަލާގައި އެމެރިކާގެ ހެލިކޮޕްޓަރެއް ފުނޑާލައިފި ކަމަށް ތެހެރާނުގެ މަސްދަރަކުން ބުނެފިއެވެ.
އެ މަސްދަރުން ބުނީ ފަސްދޮޅަހަކަށް މީހުންނަށް އަނިޔާވެ، އެކަކު މަރުވެ، އެއާޕޯޓް ޓާމިނަލާއި، އަސްކަރީ ވަސީލަތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އެސެސްމަންޓްތަކުން ދައްކާ ގޮތުގައި އެމެރިކާގެ އަލީ އަލް ސޭލަމް އެއާ ބޭސްގައި ހުރި މަތިންދާބޯޓު ހިޔާއެއް ވެސް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވައިގެ ދަތުރުފަތުރަށް ވަގުތީ ގޮތުން ބުރޫއަރަން މަޖުބޫރުވެފައިވެ އެވެ.
އީރާނުގެ ހަމަލާތަކުގައި މީގެ ކުރިންވެސް މިތަންތަނުގައި ހުރި އަސްކަރީ މުދަލަށް ވަނީ ގެއްލުން ލިބިފައެވެ.









