Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި: އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި: އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ

ހުސައިން އިސްމާއިލް
2 ގަޑިއިރު ކުރިން - 3 ޖޫން 2026 19:57
އީރާނުން ކުވައިތުގެ އެއާޕޯޓަށް ހަމަލާ ދިން ވަގުތު. / ފޮޓޯ: ރޮއިޓާސް
އީރާނުން ކުވައިތުގެ އެއާޕޯޓަށް ހަމަލާ ދިން ވަގުތު. / ފޮޓޯ: ރޮއިޓާސް
ޚުލާސާ

މިއީ އެމެރިކާއިން އީރާނުގެ ތެޔޮ ޓޭންކަރަކަށާއި ގޭޝްމް އައިލެންޑަށް ދިން ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށް އީރާނުން ބުނޭ. ހަމަލާއަށްފަހު ކުވައިތުން ވަނީ އެ ގައުމުގައި ތިބި އީރާނުގެ ދެ ޑިޕްލޮމެޓަކު 24 ގަޑިއިރު ތެރޭގައި ގައުމުން ބޭރުވުމަށް އަމުރުކޮށްފަ.

އީރާނުން ކުވައިތުގެ ބައިނަލްއަޤުވާމީ އެއާޕޯޓަށް ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި އިންޑިއާ ރައްޔިތަކު މަރުވެ، 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ބުދަ ދުވަހު ދިން މި ހަމަލާއާ ގުޅިގެން ކުވައިތުގެ ޑިފެންސް މިނިސްޓްރީން ބުނީ މިއީ އީރާނުން ހިންގި "ޖިނާއީ އުދުވާނެއް" ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެއާޕޯޓުގައި ހުރި ބައެއް ޑިޕްލޮމެޓިކް މިޝަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން މި ހަމަލާގެ ޒިންމާ އުފުލަމުން ބުނީ، މިއީ އެމެރިކާއިން އީރާނުގެ ތެޔޮ ޓޭންކަރަކަށާއި ގޭޝްމް އައިލެންޑަށް ދިން ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށެވެ. މީގެ އިތުރުން ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އަމާޒުކޮށް ހަމަލާ ދީފައިވާނެ ކަމަށް އީރާނުން ބުނެފައިވެއެވެ.

Advertisement

Advertisement 1

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ އެ ގައުމުގެ ރައްޔިތަކު މަރުވުމާ ގުޅިގެން ހިތާމަފާޅުކޮށް، މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ހަމަލާތައް ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް އިންޑިއާއިން ވަނީ ގޮވާލާފައެވެ.

ހަމަލާއަށްފަހު ކުވައިތުން ވަނީ އެ ގައުމުގައި ތިބި އީރާނުގެ ދެ ޑިޕްލޮމެޓަކު 24 ގަޑިއިރު ތެރޭގައި ގައުމުން ބޭރުވުމަށް އަމުރުކޮށްފައެވެ. އަދި އީރާނުގެ ޗާޖް ޑި އެފެއާޒް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ވަނީ އިހުތިޖާޖު ކޮށްފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އީރާނުން ކުވައިތަށް ދެ މިސައިލް އަދި ބަހުރޭނަށް ތިން މިސައިލް ފޮނުވާލާފައިވެއެވެ. ނަމަވެސް އެމެރިކާގެ ދިފާއީ ނިޒާމުތަކުން ވަނީ އެ މިސައިލްތައް ވައްޓާލާފައެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފަހުގެ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ.

އީރާން ކްރައިސިސް 2026ކުވެއިތުއީރާން - އެމެރިކާއީރާން

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ ވިސާ ނުލިބުނު ކަމުގައި ވިޔަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

ވިސާ ނުލިބުނަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

56 މިނެޓު ކުރިން - 21:26

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގެ ވީޑިއޯ އާންމުކޮށްފި

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގެ ވީޑިއޯ އާންމުކޮށްފި

6 ގަޑިއިރު ކުރިން - 15:24

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

10 ގަޑިއިރު ކުރިން - 11:38

ޢިރާޤުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ މައިމަރުކަޒަށް އީރާނުން ޙަމަލާ ދީފި

ޢިރާޤުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ މައިމަރުކަޒަށް އީރާނުން ޙަމަލާ ދީފި

13 ގަޑިއިރު ކުރިން - 08:29

އެމެރިކާގައި ތެލުގެ އަގު 42 އިންސައްތައަށް އުފުލިއްޖެ

އެމެރިކާގައި ތެލުގެ އަގު 42 އިންސައްތައަށް އުފުލިއްޖެ

18 ގަޑިއިރު ކުރިން - 04:09

ޗަކް ޝޫމަރ: އީރާނު ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން

ޗަކް ޝޫމަރ: އީރާނު ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން

1 ދުވަސް ކުރިން - 07:06