Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަހުގެ ތާރީހުގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓެއް ރެކޯޑުކުރެވިފައިވަނީ 2025 ވަނަ އަހަރު

ފަހުގެ ތާރީހުގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓެއް ރެކޯޑުކުރެވިފައިވަނީ 2025 ވަނަ އަހަރު

އައިޝަތު ރުވާ ރިފްޢަތު
9 ގަޑިއިރު ކުރިން - 2 ޖޫން 2026 12:22
2025 ވަނަ އަހަރުގެ ބަޖެޓު ފޮތް---
2025 ވަނަ އަހަރުގެ ބަޖެޓު ފޮތް---
ޚުލާސާ

2025 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު 39.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ. 2025 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައިގައި.

ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓެއް ރެކޯޑުކުރެވުނު އަހަރަކަށް 2025 ވަނަ އަހަރު ވެއްޖެއެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކުރި "ބަޖެޓު ނަތީޖާގެ ބަޔާން 2025" ގައިވާ ގޮތުން، މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސަޕްލިމަންޓަރީ ބަޖެޓަކާ ނުލައި ދައުލަތުގެ ޚަރަދުތައް ހަމަޖެއްސި ހަމައެކަނި އަހަރެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި 2025 ވަނަ މާލީ އަހަރު ނިމިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހުރިހާ ޚަރަދެއް ހަމަޖައްސައިގެންނެވެ. މިއީ 2021 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު ބަޖެޓު ސަޕްލިމަންޓު ކޮށްފައިވާއިރު، މަޖިލީހުން ފާސްކުރި މިންވަރުގައި ބަޖެޓު ހިފެހެއްޓުނު ފުރަތަމަ ފަހަރެވެ. މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެވެ.

އާމްދަނީގެ ގޮތުން ބަލާއިރު، 2025 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު 39.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ލަފާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ޓެކްސް ނޫން އާމްދަނީ، އޭގެ ތެރޭގައި ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި، ވޯކް ޕާމިޓް ފީ ފަދަ ދާއިރާތަކުން ލިބުނު ކުރިއެރުން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement 1

ފަތުރުވެރިކަމުގެ ސިނާއަތުން 2.24 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރިއިރު، އައިސްފައިވަނީ 2,246,516 ފަތުރުވެރިންނެވެ. މިއީ ލަފާކުރި އަދަދަށްވުރެ ކުޑަ ތަފާތެއް ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު (ބެޑް ނައިޓްސް) ވަނީ ލަފާކުރި މިންވަރަށްވުރެ އިތުރުވެފައެވެ.

ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ޖުމްލަ ޚަރަދު ހުންނާނެ ކަމަށް ލަފާކުރި 49.2 ބިލިއަން ރުފިޔާގެ ބަދަލުގައި، ޚަރަދު ކުރެވުނީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިއާއެކު، ބަޖެޓުގެ ޑެފިސިޓް ވެސް ވަނީ 9.4 ބިލިއަން ރުފިޔާއިން 4.4 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.

2025 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައެވެ. މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ނަތީޖާއަކީ ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވުމުގެ ނަތީޖާއެވެ. އަދި މިއީ 2019 އިން ފެށިގެން އެންމެ ގިނަ އާމްދަނީ ލިބުނު އަދި އެންމެ ދަށް ފިސްކަލް ޑެފިސިޓެއް ރެކޯޑުކުރެވުނު އަހަރެވެ.

ބަޖެޓްސަޕްލިމެންޓަރީ ބަޖެޓުފިނޭންސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް

Advertisement

Advertisement

ގުޅޭ ޚަބަރުތައް

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ ދޫކޮށްފި

25 މިނެޓު ކުރިން - 21:54

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

27 މިނެޓު ކުރިން - 21:52

ޚަރަދުކުޑަކޮށްގެން މިދިޔައަހަރުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރި

ޚަރަދުކުޑަކޮށްގެން މިދިޔައަހަރުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރި

7 ގަޑިއިރު ކުރިން - 14:41

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

12 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

23 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

1 ދުވަސް ކުރިން - 20:41

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%