Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

އައިޝަތު ރުވާ ރިފްޢަތު
160 ދުވަސް ކުރިން - 1 ޖޫން 2026 12:41
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ، ސައިބާ ބުލީގެ އިތުރުން އޮންލައިން ގްރޫމިންއަކީ ވެސް ކުދިންނަށް ކުރިމަތިވާ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް. ރައީސް ވިދާޅުވި ގޮތުގައި އެ މިންގަނޑުތައް ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި އެޕްތައް ހިންގާ ބައިނަލްއަގުވާމީ ކުންފުނިތަކާއެކު ވެސް މަޝްވަރާ ކުރައްވާނެކަމަށް.

ރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް މީސްމީޑިއާގެ ވަކި އެޕްތަކެއް ބޭނުން ނުކުރެވޭ ގޮތް ހެދުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 16 އަހަރު ނުފުރޭ ތުއްތު ކުދިންނާއި ޒުވާނުން މީސްމީޑިއާގައި ސައިބާ ބުލީގެ ޝިކާރައަކަށްވެ، އެހެނިހެން ނުރަނގަޅު ކަންކަމުގެ ތެރެއަށް ގޮސް ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށެވެ. މިއީ މުޅި ދުނިޔޭގައި ވެސް އޮތް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސައިބާ ބުލީގެ އިތުރުން އޮންލައިން ގްރޫމިންއަކީ ވެސް ކުދިންނަށް ކުރިމަތިވާ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

"އެންމެ ޒުވާން ކުދިން މީސް މީޑިއާގައި ވަރަށް ނުރަނގަޅު ކަންކަމުގެ ތެރެއަށް މިވަނީ ގޮސްފައި. ވަރަށް ހާމްފުލް ކޮންޓެންޓަށް ޒުވާން ކުދިން، ތުއްތު ކުދިން އެބަ އެކްސްޕޯސްވޭ،" ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ މުޖުތަމައުއަކަށް ވާއިރު، ޒުވާނުންނާއި ތުއްތު ކުދިން މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ކަމާބެހޭ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފިޔަވަޅުތައް އެޅުމުގައި ރާއްޖެއިން މިސާލަކަށް ބަލާނީ އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާ ބޭން ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މިންގަނޑުތައް ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި އެޕްތައް ހިންގާ ބައިނަލްއަގުވާމީ ކުންފުނިތަކާއެކު ވެސް މަޝްވަރާ ކުރައްވާނެއެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ތަންފީޒު ކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، މީގެ މާނައަކީ ޑިޖިޓަލައިޒޭޝަނާ ދުރަށް ދިޔުން ނޫންކަން ރައީސް ސާފުކޮށްދެއްވިއެވެ. "އަޅުގަނޑުގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވްސް 2.0. އަޅުގަނޑުމެންގެ ގައުމަކީ އޭއައި ޑްރިވެން ޑިޖިޓަލް ސޮސައިޓީއަކަށް ހެދުމަށް އަޅުގަނޑު ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންޓަނެޓަކީ ތައުލީމު ހާސިލުކުރުމަށާއި ފަންނުވެރިކަން ކުރިއެރުވުމަށް ނުހަނު މުހިންމު ވަސީލަތެކެވެ. އެހެންކަމުން، މި ފިޔަވަޅުތައް އަޅާނީ އެފަދަ ބޭނުންތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ގޮތަށް ބަލައިގެން ކަމަށާއި، މައިގަނޑު އަމާޒަކީ ކުދިން ނުބައި ކަންކަމުން ރައްކާތެރިކުރުން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްސޯޝަލް މީޑިއާސައިބަރ ބުލީކުޑަކުދިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ގަނާކުރި މައްސަލައެއްގައި ތަހުގީގެއް ފަށައިފި

ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ގަނާކުރި މައްސަލައެއްގައި ތަހުގީގެއް ފަށައިފި

10 ގަޑިއިރު ކުރިން - 13:38

"އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުއާހަދާތައް ތަންފީޒުކުރުމުގައި ހުރިހާ ގައުމެއްގެ ބައިވެރިވުން ބޭނުންވޭ''

14 ގަޑިއިރު ކުރިން - 10:16

ކުޑަކުދިންގެ ޒާތީ މަޢުލޫމާތާއި ތަސްވީރު އާންމުނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފި

ކުޑަކުދިންގެ ޒާތީ މަޢުލޫމާތާއި ތަސްވީރު އާންމުނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 12:42

އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

3 ދުވަސް ކުރިން - 18:41

ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުން ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ: މިނިސްޓަރ ސައީދް

ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުން ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ: މިނިސްޓަރ ސައީދް

4 ދުވަސް ކުރިން - 14:39

ގައުމީ ވިސްނުމުގެ ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރަން މުހިއްމު: ރައީސް

ގައުމީ ވިސްނުމުގެ ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރަން މުހިއްމު: ރައީސް

4 ދުވަސް ކުރިން - 11:44