ސިނގިރޭޓުގެ އަގަށް ދުވަހަކުވެސް ބަދަލު ނުގެންނަވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށާއި ދުންފަތުގެ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތުގައި ސަރުކާރުން ޔޫޓާނެއް ނުނަގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ރައީސް އޮފީހުގައެވެ.
ދުންފަތުން ނަގާ ޓެކުހުގެ 8 ރުފިޔާ، 4 ރުފިޔާއަށް ކުޑަކުރަން ޑަބްލިއުއެޗްއޯގެ ލަފާ ލިބިފައިވާ ކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކަންކަންން ނިންމާނީ މަޝްވަރާގެ މަތިން ކަމަށާއި، ދުންފަތުގެ އަސްލު މައްސަލަ ކަމުގައި ސަރުކާރުން ދެކެމުން އައި ކަމަށް ބަދަލެއް ނާންނަ ކަމަށެވެ.. އަދި ސިޔާސަތަށް ވެސް ބަދަލެއް ނާންނަ ކަމަށެވެ.
Advertisement

ދުންފަތާ ގުޅޭ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދުންފަތް، ހާއްސަކޮށް ވޭޕް ހުއްޓުވުމެވެ.
ނަމަވެސް މިފަދަ ސިޔާސަތާއި ގުޅޭ ކަންކަމުގެ އަސްލު ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުންދާތީވެ ރައީސް ކަންބޮޑުވެވަޑައިގަންނަވައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނާއި ދޭތެރޭ ވަރަށް ހަމްދަރުދީވެ ވަޑައިގަންނަވާ ކަމަށާއި، މޫނަށް ވެސް ރުލެއް ނާރުވައި 10-12 މިނެޓްވަންދެން ދޮގު ހެދުމުގައި ބައެއް ސިޔާސީ ބޭފުޅުން އުޅޭ ކަމަށެވެ. މިކަންކަމަށް ނޫސްވެރިން ވާގިދޭތީ ހިތާމަކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމިގައި ރައީސް ވިދާޅުވިއެވެ. “އެމީހާ ފަލީހަތްވެގެންދާއިރުވެސް ހަމަ ވަރިހަމަ. އެލެވްްގަތޯ ތިބެންވީ” ރާއްޖޭގެ ސިޔާސީ މައިދާނުގެ ހަލަތާއި ބެހޭ ގޮތުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ގައުމުގަ ޒިންމާދާރު ޕޮލިޓިކްސް އެއް ނެތް ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ފަހަކަށް އައިސް ނޫސްތަކުން ހަގީގަތާއި ހިލާފަށް ހަބަރު ފަތުރަމުންދަނީ ދީނަށް މިއްލަތަށް ބެލުމެއް ނެތި އަބުރުވެސް ކަތިލަމުންނެވެ.މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި މިހާތަނަށް ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.







