62 ވޯޓާއި އެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކޮށްފިއެވެ.

އެމަގާމަށް ދެން ވާދަކުރެއްވީ، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ، ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އަދި އެކަން އިއުލާން ކުރީ މަޖިލީހުގެ އިއްޔެގެ ޖަލްސާގަ އެވެ.