ޣައްޒާ ހަނގުރާމަ ނިމިއްޖެއޭ ބުނެ އެކަން އިޢުލާންކުރި ފަހުން ވެސް 930 މީހުން ޝަހީދު ކޮށްލައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ. މިއާއި އެކު މި ހަނގުރާމައިގައި ޝަހީދުވި ކަމަށް އދ. ގެ ހިސާބުތަކުން ފެންނަން ހުރި މީހުންގެ ޢަދަދު 72939 އަށް މި ވަނީ އަރާފައެވެ. އދ. އިން ބަލާ މިންގަނޑުގެ ތެރޭގައި ޝަހީދުވީ ކާކުކަން ސީދާ ކަށަވަރު ނުވަނަމަ ނުވަތަ އެމީހެއްގެ ވަނަވަރު ނޭނގޭނަމަ އެމީހަކު މަރުގެލިސްޓުގައި ނުހިމަނައެވެ.
ޔަހޫދީން ބޮން އެޅުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށް އައި ޖުމްލަ މީހުންގެ ތެރޭގައި އަލަށް ޝަހީދުވި މީހަކާއި އަނިޔާވި އަށް މީހުން ހިމެނޭ ކަމަށް ވެސް ހެލްތު މިނިސްޓްރީ އިން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު ހަނގުރާމަ ހުއްޓައިލިކަން އިޢުލާން ކުރުމަށްފަހު ޒައެނިސްޓުން ދިން ހަމަލާގައި 2819 މީހުން ވަނީ ޒަޚަމް ވެސް ވެފައެވެ. އަދި ޢިމާރާތްތަކުގެ ދަށުން 781 މީހަކު ސަލާމަތް ކޮށްފައިވާ ކަމަށާއި، މި ޢީދުބަންދުގައި އެކަނިވެސް 33 މީހުން ޝަހީދުކޮށް، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ބުނެއެވެ.
ހަނގުރާމައިގައި މިހާތަނަށް ޣައްޒާ އިން ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު 172،927 އަށް ވަނީ އަރާފައެވެ.








