Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރިޝްވަތު ދިނުމާއި ޓެކުމާއި ޖުވާކުޅެގެން މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުގައި އޮތީ ނަރަކައިގެ އަޒާބު: ހުތުބާ

އައިޝަތު ރުވާ ރިފްޢަތު
143 ދުވަސް ކުރިން - 29 މެއި 2026 13:03
ހުކުރު ހުތުބާގެ ވަގުތު. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުކުރު ހުތުބާގެ ވަގުތު. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަނެ، އެ ތަކެތި ބޭނުންނުކޮށް އުކާލަންޖެހުމަކީ ދީނީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ނުރަނގަޅު އަމަލެއްކަން ހުތުބާގައި ފާހަގަކުރި. އަދި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމުގައި އިގުތިސާދީ ވިސްނުން އިސްކުރުމަށް ގޮވާލެއްވި. މަޖުބޫރު ހާލަތެއް މެދުވެރިވެގެން މެނުވީ ދަރަނި ނެގުމުގެ އާދަ ދޫކޮށްލުމަށްވެސް އިލްތިމާސްކުރި.

މުދާ ހޯދުމުގައި ޝަރުއީ މިންގަނޑުތަކާ ހިލާފުވުމާއި، ރިޝްވަތާއި ޖުވާ ފަދަ ކަންކަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަންކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާ ބިނާކޮށްފައިވަނީ "ހޭދަކުރުމުގައި އިގްތިސާދުކުރުން" މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގައިވާ އެންމެހައި މުދަލަކީ މާތް ﷲ އަޅުތަކުންނަށް ދެއްވާފައިވާ އަމާނާތެކެވެ. އެ މުދަލުގެ ހަގީގީ މިލްކުވެރިއަކީ މާތް ﷲ ކަމަށްވީހިނދު، މުދާ ހޯދުމާއި ހޭދަކުރުމުގައި ޝަރުއީ ހަމަތަކަށް ރިއާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ.

Advertisement

Advertisement 1

މުދާ ހޯދުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ހިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތު ދިނުމާއި، ޓެކުމާއި، ރިބާގެ މުއާމަލާތްތަކުގެ އިތުރުން ޖުވާކުޅުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފަތަކެއް ކަމަށެވެ. އަދި ހައްގުނޫން ގޮތުގައި މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުން އޮތީ ނަރަކައިގެ އަޒާބުކަން ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކުން އެނގެން އޮތްކަން ހުތުބާގައި ފާހަގަކުރި އެވެ.

މީގެއިތުރުން، ލިބޭ މުދާ ބޭކާރު ގޮތުގައި ހޭދަކުރުމާއި އިސްރާފުކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށްވެސް މިއަދުގެ ހުތުބާގައި ވަނީ ބަޔާންކޮށްފަ އެވެ. ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަނެ، އެ ތަކެތި ބޭނުންނުކޮށް އުކާލަންޖެހުމަކީ ދީނީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ނުރަނގަޅު އަމަލެއްކަން ފާހަގަކުރި އެވެ.

"އަދި ތިޔަބައިމީހުން ކައިބޮއިއުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަ ކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ،" ކީރިތި ގުރުއާނުގެ އާޔަތެއްގެ މާނަ ވިދާޅުވަމުން ހުތުބާގައި ހަނދާންކޮށްދިނެވެ.

ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމުގައި އިގުތިސާދީ ވިސްނުން އިސްކުރުމަށް ގޮވާލަމުން ހުތުބާގައި ބުނީ، އަތްމަތި ދަތިވަނީ ގިނަ ފަހަރަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ހަރަދުކުރުމުން ކަމަށެވެ. އަދި ކޮންމެހެން މަޖުބޫރު ހާލަތެއް މެދުވެރިވެގެން މެނުވީ ދަރަނި ނެގުމުގެ އާދަ ދޫކޮށްލުމަށްވެސް އިލްތިމާސްކުރި އެވެ.

ހުތުބާ ނިންމާލަމުން ވަނީ، ތިމާއަށް ލިބޭ މުދަލަކީ އޭގައި އެހެން މީހުންގެ ހައްގުތަކެއްވެސް އެކުލެވިގެންވާ އެއްޗެއްކަން ހަނދާންކޮށްދީފަ އެވެ. އެގޮތުން އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، ފަގީރުންނާއި މިސްކީނުންގެ ހައްގުތައް އަދާކުރުމަށް ބާރުއަޅައި، ގިޔާމަތް ދުވަހު ކޮންމެ މީހަކާވެސް އެމީހަކަށް ދެއްވި ނިއުމަތްތަކާ މެދު ސުވާލުކުރެވޭނެކަން ހަނދާންކޮށްދީފަ އެވެ.

ރިޝްވަތުޖުވާކުޅުންއިސްރާފުކުރުންގިޔާމަތް ދުވަސްހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

31 ދުވަސް ކުރިން - 13:00

ރިޝްވަތުގެ މައްސަލައިގައި ޗައިނާގެ ސީއެފްޑީއޭ ކުރީގެ ވެރިޔާ ޖަލަށްލައިފި

ރިޝްވަތުގެ މައްސަލައިގައި ޗައިނާގެ ސީއެފްޑީއޭ ކުރީގެ ވެރިޔާ ޖަލަށްލައިފި

33 ދުވަސް ކުރިން - 13:59

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

38 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

45 ދުވަސް ކުރިން - 12:54

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

59 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

66 ދުވަސް ކުރިން - 12:56