ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު ޢަލީ އައްޔަން ކުރައްވައިފިއެވެ. 

ޕެންޝަން އޮފް އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް މަޖީދު އައްޔަންކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު އިނާޒް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޢަބްދުލްމަޖީދު ޢަލީ ވަނީ މިދިޔަ އަހަރު މާރިޗު މަހުން ފެށިގެން ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ.

މަޖީދު ވަނީ ބޭންކް އޮފް މޯލްޑިވްސް އަދި ބޭންކް އޮފް ސިލޯން، އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އަށް ޚިދުމަތް ކޮށްދެއްވާފައެވެ.

މަޖީދު ވަނީ ވޭލްސްގެ ކާރޑިފް ޔުނިވަރސިޓީ އިން 'މާސްޓަރ އޮފް ސައިންސް އިން އިންޓަރނޭޝަނަލް އިކޮނޮމިކްސް، ބޭންކިންގް އެންޑް ފައިނޭންސް' ޙާޞިލް ކުރައްވާފައެވެ.