Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކިހާދޫގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުގެ ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

ކިހާދޫގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުގެ ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

ހުސައިން އިސްމާއިލް
63 ދުވަސް ކުރިން - 23 މެއި 2026 22:28
އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުން ކިހާދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން. / ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުން ކިހާދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން. / ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މި ހަރަކާތްތަކުގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުން ވަނީ ހިތްގައިމު ރީތި ރާގުތަކަށް މިއުޒިކު ކުޅުމާއި، ދިވެހި ސަގާފީ އެކި އައިޓަމްތައް ހުށަހަޅައިދީފަ.

"ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު-1" ކާމިޔާބުކަމާ އެކު ނިންމާލުމުގެ އުފަލުގައި، ބ. ކިހާދޫގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިއަދު ބާއްވައިފިއެވެ.

މި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް ހިންގާ، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ހުންނަ ބ. ކިހާދޫގެ ބަނދަރު ސަރަހައްދުގައެވެ. މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔަ މި ހަރަކާތްތަކަކީ އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވި ފޯރިގަދަ ހަރަކާތްތަކެކެވެ.

މި ހަރަކާތުގެ ތެރެއިން އެމްއެންޑީއެފް މިލިޓަރީ ބޭންޑުން ވަނީ ހިތްގައިމު ރީތި ރާގުތަކަށް މިއުޒިކު ކުޅުމާއި، ދިވެހި ސަގާފީ އެކި އައިޓަމްތައް ހުށަހަޅައިދީފައެވެ. މީގެ އިތުރުން، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދިނުމުގެ ގޮތުން ޚާއްޞަ ދެ މެސްކޮޓަކާ އެކު ތަފާތު ކުޅިވަރުތައް ކުރިއަށްގެންގޮސް، ކުޑަކުދިންނަށް ހަދިޔާ ވެސް ވަނީ ބަހާފައެވެ.

Advertisement

Advertisement 1

އެމްއެންޑީއެފުން ބޭއްވި މި ހަރަކާތަކީ ސިފައިންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ. އަދި ސިފައިން ކުރިއަށްގެންދާ ޤައުމީ ޚިދުމަތުގެ މަސައްކަތްތަކުގައި މަދަނީ މުޖުތަމައުގެ އެއްބާރުލުން ދެމެހެއްޓުމަށް ބާރުއެޅުމަކީ ވެސް މި ހަރަކާތް ބޭއްވުމުގެ އެއް ބޭނުމެއް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

މި ހަރަކާތް ނިންމާލާފައިވަނީ ކިހާދޫގެ ރައްޔިތުންގެ ފަރާތުން ސިފައިންނަށް ލިބުނު ފުރިހަމަ އެއްބާރުލުމާއި ތަރުޙީބާ އެކުގައެވެ.

އެމްއެންޑީއެފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

9 ދުވަސް ކުރިން - 20:18

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

35 ދުވަސް ކުރިން - 20:14

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

36 ދުވަސް ކުރިން - 15:11

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

47 ދުވަސް ކުރިން - 17:31

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

50 ދުވަސް ކުރިން - 18:46

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

52 ދުވަސް ކުރިން - 15:33