Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް ޖަވާބުދީ ނިންމައިފި

ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް ޖަވާބުދީ ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
98 ދުވަސް ކުރިން - 23 މެއި 2026 20:16
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. / ފޮޓޯ: ޚުލާސާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ސަރުކާރުގެ އެހެން މިނިސްޓްރީތަކާއި އިދާރާތަކުންވެސް މިގޮތަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވައި، އެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުންދާކަން މުންދު ފާހަގަކުރެއްވި.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް، މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ޖާވާބުދީ ނިންމާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މިކަން ހާމަކުރެއްވީ "ޕްރެސާ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ދަށުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިއީ މި ސިލްސިލާގެ ދަށުން ބޭއްވުނު ހަތަރުވަނަ ބައްދަލުވުމެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، ގާނޫނުގައި އިސްތިސްނާ ކަނޑައަޅާފައިވާ ދާއިރާތައް ފިޔަވައި، ރައީސް އޮފީހަށް ހުށަހެޅުނު ހުރިހާ ފޯމަކަށް މިހާރު ވަނީ ޖަވާބު ދެވިފަ އެވެ. އަދި ސަރުކާރުގެ އެހެން މިނިސްޓްރީތަކާއި އިދާރާތަކުންވެސް މިގޮތަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވައި، އެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތަށް، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގައި ސަރުކާރުން ސައްތައިން ސައްތަ އިޖާބަދިނުމަށެވެ. ނިމިދިޔަ ސަރުކާރުގައި އާރް.ޓީ.އައި ތަކަށް ޖަވާބު ހޯދުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މި ސަރުކާރުން މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭގޮތުންވެސް ތަރުޖަމާނު މައުލޫމާތު ދެއްވި އެވެ. އެގޮތުން ހުރްމޫޒް ކަނޑުއޮޅީގެ މައްސަލައާ ގުޅިގެން މުދާ އެތެރެކުރުމަށް ޔޫ.އޭ.އީ މެދުވެރިކޮށް އައު މަގުތަކެއް ހޯދުމަށް ވަޒީރުންގެ ކޮމިޓީން މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވި އެވެ.

ފަތުރުވެރިކަމަށް ކުރި އަސަރުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އައި މިންވަރު 16 އިންސައްތަ ދަށްވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް މިއީ ކުރިން އަންދާޒާކުރި މިންވަރަށް ވުރެ ކުޑަ އަދަދެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ހޫނު މޫސުމުގެ ޗުއްޓީއަށް އުދުހުންތައް އިތުރުކުރުމަށް އެއަރލައިން އޮޕަރޭޓަރުންނާ ވާހަކަދައްކަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފު (މުންދު)
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

5 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

12 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02